ތައުލީމީ ދާއިރާ ސިޔާސީވެ މަންހަޖު ތަންފީޒު ކުރަން ނުކުޅެދިފަ / ސޯޝަލް މީޑިއާ
ހަބަރު
ތައުލީމީ ދާއިރާ ސިޔާސީވެ މަންހަޖު ތަންފީޒު ކުރަން ނުކުޅެދިފައި
Aminath Zara
އައިމިނަތު ޒާރާ
01 ޖޫން 2024
މާލެ ސިޓީ

 ރާއްޖޭގެ ކުރީގެ ތައުލީމީ މަންހަޖު ކަމުނުގޮސްގެން އައު މަންހަޖެއް ތައާރަފުކޮށް ކިޔަވާން ދޭން ފެށިތާ ގާތްގަނޑަކަށް 8 އަހަރު ވެފައިވާއިރު އަދިވެސް އެބުނާފަދަ ގާބިލް ދަރިންތަކެއް އުފެދިގެން އަންނަ ތަނެއް ނުފެނެއެވެ.

އައު މަންހަޖުގެ ހުރި މޮޅުކަން މިނިސްޓްރީ އޮފް އެޑިޔުކޭޝަނުން ހާމަ ކުރިއެއް ކަމަކު ގިނަ ސްކޫލްތަކުގެ ގިނަ ޓީޗަރުންނާ ޕްރިންސިޕަލުން އެކަން ގަބޫލެއް ނުކުރެއެވެ. ބައެއް ޓީޗަރުންނާ ޕްރިންސިޕަލުން ބުނަމުންދަނީ އައު މަންހަޖުގެ ސަބަބުން ބެލެނިވެރިންނާ ދަރިވަރުން ފަރުވާ ކުޑަވެފައިވާ ކަމަށެވެ.

މަންހަޖު ތަންފީޒު ކުރަން ތިބި ފަރާތްތަކުން ތަފާތު ބަހަނާތައް ދައްކަމުން ދާއިރު މިނިސްޓްރީ އޮފް އެޑިޔުކޭޝަން ހަމަޖެހިލައިގެން ސިޔާސީ ޕާޓީތަކުގެ ކެމްޕެއިންތަކުގައި ބައިވެރިވެ ތައުލީމީ ދާއިރާގެ ކަންކަން ހަނދާން ނައްތާލުމުގެ ނަތީޖާއަކަށް ވެގެން ދިޔައީ ސްކޫލްތަކުގެ ހިންގުން ބޮއްސުންލައިގެން ގޮސް އެތަންތަނުގެ މުވައްޒަފުންވެސް  ވާދަވެރި ސިޔާސީ ހަރަކާތްތަކުގައި ބައިވެރިވެ އެބޭފުޅުންގެ ޒިންމާ ހަނދާން ނައްތާލާ ކެމްޕެއިން މެނޭޖަރުންގެ ގޮތުގައި ހަރަކާތްތެރިވާން ފެށުމެވެ.

ދެކުނުގެ ސްކޫލެއްގެ ބެލެނިވެރިޔަކު މައުލޫމާތު ދެމުން ބުނީ ނިމިދިޔަ މަޖްލިސް އިންތިޚާބުގައިސް އެސްކޫލްގެ ބައެއް ޓީޗަރުން ކެމްޕެއިން މެނޭޖަރުންގެ ގޮތުގައި މަސައްކަތް ކޮށްފައިވާ ކަމަށެވެ. އަދި އެބޭފުޅުންގެ ރަސްމީ ގަޑީގައި ޑޯ ޓު ޑޯ ގައި ބައިވެރި ސެޝަން ފެށޭގަޑިއަށް ކުލާހަށް ވެސް ނުދެވޭ ކަމަށެވެ. މިކަންތައް މި ބޭފުޅުން ކުރަނީ މިބޭފުޅުންނާ ސިޔާސީ ފިކުރު އެއްގޮތް ލީޑިންގ ޓީޗަރުންނާ ގުޅިގެން ކަމަށެވެ.

މިދެންނެވި ސްކޫލްގެ ޕްރިންސިޕަލް ރަށުގައި ނެތި އެތައް މަސްތަކެއް ވެފައިވުމުން އެސްކޫލް ވަނީ ބޮއްސުން ލައިގެން ގޮސްފައި ކަމަށެވެ. މިނިސްޓްރީ އޮފް އެޑިޔުކޭޝަނަށް އެކަން އެނގޭއިރުވެސް އެސްކޫލަށް ޕްރިންސިޕަލެއް ނުފޮނުވައި މިހާރު އެގޮތުގައި 7 މަސް ދުވަސް ވެފައިވާ ކަމަށެވެ.

އޭގެ އިތުރުން މިދެންނެވި ސްކޫލްގައި ތައުލީމީ މަންހަޖާ ރައްޓެހި ލީޑިންގ ޓީޗަރުން މަދު ވުމުގެ ސަބަބުން ކިޔަވާ ދިނުން އިންތިހާއަށް ދަށް ވެފައިވާ ކަމަށެވެ. ވާހަކަ ދެއްކި ބެލެނިވެރިޔާ ބުނެފައިވަނީ އިގިރޭސި މީޑިއަމަށް ކިޔަވާދޭ މިދެންނެވި ސްކޫލްގެ ބައެއް ލީޑިންގ ޓީޗަރުންނަކީ އިގިރޭސި ނުވެސް ދަންނަ ލީޑިންގ ޓީޗަރުން ކަމަށެވެ. އެ ބެލެނިވެރިޔާ އިތުރަށް ބުނީ އެސްކޫލްގެ ޕްރިންސިޕަލް،ފެންވަރު ދަށް ލީޑިންގ ޓީޗަރުން ހޮވަނީ ސިޔާސީ ގޮތުން އެޑިޔުކޭޝަނާ ގުޅިގެން ކަމަށެވެ.

އަދި އެސްކޫލާ ދޭތެރޭ މިނިސްޓްރީ ވަނީ އިހްމާލު ވެފައިކަމަށެވެ. އެއީ އެކިފަހަރުމަތިން ބެލެނިވެރިން މިނިސްޓްރީއަށް އަންގާ އެއްވެސް ފިޔަވަޅެއް އަޅާފައި ނުވުމުންނެވެ. އަދިވެސް ބެލެނިވެރިޔާ ބުނެފައިވަނީ އެސްކޫލްގެ ޕްރިންސިޕަލް ވަނީ އެޑިޔުކޭޝަންގެ ބައެއް ބޭފުޅުންގެ ހިމާޔަތް ހޯއްދަވާފައި ކަމަށެވެ.

އެހެންނަމަވެސް މިގޮތަށް މިކަންތައް ވަމުން ދާނަމަ ބެލެނިވެރިން މަޑުން ނުތިބޭނެ ކަމަށްވެސް އެ ބެލެނެވެރިޔާ ވަނީ ބުނެފައެވެ.

ކޮމެންޓު
ކޮމެންޓްތައް
Hashy
02 ޖޫން 2024, 18:57
އެފްއެސްގެ ބެލެނިވެރިއެއްގެ ހައިސިއްޔަތުން އަޅުގަނޑު ބުނަން އޮތީ މިކަހަލަ ދޮގު ހަބަރު ލިޔުމަކީ ތިނޫހުގެ އަގު ވެއްޓޭ ވަރުގެ ކަމެއް. ތި ނޫހާއި ގުޅުން ހުރި ބޭފުޅަކުގެ އާއިލާ މީހަކަށް ލީޑިން ޓީޗާރ ކަން ނުލިބިގެން ޒާތީވުމުގެ ނިޔަތުގައި ކޮށްފައިވާ އަންޕްރޮފެޝަނަލް ކަމެއް.
ޖަމީލް
02 ޖޫން 2024, 19:05
ދެކުނުގެ ސްކޫލުގެ ޕްރިންސިޕަލް އޭ ކިޔައިގެން ލިޔަން ތި ނޫހުގެ މީހުންގެ އިނސާނިއްޔަތު ކަމެއް ނެތީތޯ؟؟ އޭނަ 7 މަސް ދުވަސް އެވަނީ ވެކޭޝަންއެއްގައެއް ނޫން އިނގޭތޯ. ޚަބަރު ލިޔާއިރު ވެރިފައި ކުރުމަކީ މުހިއްމު ކަމެއް. މަރާއި ހަނގުރާމަ ކުރަމުން ދިޔަ ދަރިފުޅަށް އަވަސް ފަރުވާ ހޯދުމަށް ޗުއްޓީ ނެގުމަކީ ކުށެއްތޯ.
Maumoon
02 ޖޫން 2024, 19:31
Ms Aminath Zara, this is the most biased bullshit i have ever read. You are a journalist right? Then how come you don’t check the facts before you publish? Firstly let me start by saying the principal who is not present at the school right now is not on months long vacation. How come when it comes to women and their children they are allowed to take upto 6 months after birth and granted additional leaves per circumstances. But when a it comes to a father, when his child is swinging between life and death in a whole new country he is supposed to put work first after abandoning his child? Whats with all the hypocrisy Zara? And Education Ministry has temporarily handed over the responsibilities to another person. So no the school is not “bossunlaifa” unless the responsible person is not doing his job right. Then you should be pointing fingers at him.
Aisha mohamed
05 ޖޫން 2024, 07:39
As a parent, bunelan othee principal nethi Gina dhuvas vaatheeve parents ge kanbodu vumu ge vaahaka dhekkeema, parents angamathee ah alhan teachers kura masakkah huttala laashey g
Ahmed Rasheef
05 ޖޫން 2024, 07:57
Dictatarunge center eh
Fathun
05 ޖޫން 2024, 08:06
Education ministry ah parents shakuvaa fonuva mun gos varu bali vejje.. Meegen alhugandu menge dharin ge musthagubal ekkoh halaaku vegen midhanee.. Mi kanthah balaane., adu ahaane baeh sarukaaraku neh... Principal ah konme kameh dhima vegen kamugai vias 8 mas vegen dhaairu kudhinnah kuraa asaru insaafa loabi kura konme meehakah ves visneyne.. Fuvahmulaku Schoola medhu sarukaarun alhaa nula thibeny sarukaaruge beyfulheh ge dhariyeh kiya vamundha school akah nuvaa thee thw..... e
ދިވެހިންގެ ރާއްޖެ
05 ޖޫން 2024, 09:09
މުޅިސަރުކާރު ފެއިލް ވެފަ..ސްކޫލްތަކުގައި ޕުރިންިޕަލް އެއްނެތަސް އެޑިޔުކޭޝަން މިނިސްޓްރީ އަށް އޯކޭވާނެ..މުޅިމިނިސްޓްރީ ޫކޫލް ޭ ވެފަ
އަމްޖޫ
05 ޖޫން 2024, 09:14
ވަރަށް ދެރަވެއްޖެ އާޓިކަލް ކިޔާލީމަ..އިހްސާސްކުރެވެން ފަށައިފި ކުދިންންނަށް ކުރާނެ އަސަރު..ތިސްކޫލްގެ ިުރިހާ ބެލެނިވެރިން މުޒާހަރާ ކުރޭ ,އޭރުން ތިކމަށް ހައްލެއް އަންނާނީ..މިގައުމުގައިންސާފު ލިބޭނީމިހާރު މަގުމަތިން
ފައިސަލް
05 ޖޫން 2024, 11:31
މިނިސްޓަރ އޮފް އެޑިޔުކޭޝަން "ކޫލް"ވެގެންގޮސް އޮތީ ނިދިފަ..ބެލެނިވެރިންގެ އަޑުއަހާނެ ބަޔަކު ސަރުކާރަކު ނެތް
Amyla
06 ޖޫން 2024, 10:24
You're doing great job dear keep it up
ޝަފާ
06 ޖޫން 2024, 10:34
މުޅި ސަރުކާރު ފެއިލް ވެފަ..ޖީލެއް ހަލާކުވެގެންދާއިރު ވެސް އެއްޗެކޭބުނާނެ ފަރާތެއްނެތް.ތިސްކޫލް ތަޅުއަޅުވަންފެނޭ
Copyright © 2013-2024 Media Ring Pvt Ltd.
All rights reserved