March 12, 2026
Advertisement
މުހައްމަދު މަލީހު ޖަމާލް
މުހައްމަދު މަލީހު ޖަމާލް / ތޭރަ އޮންލައިން

ބިލް ބޮޑުކަމުގެ ޝަކުވާ ރައްޔިތުން ކުރާއިރު އެމްޑީ ފަހުމީ ހަނު: މަލީހް

Aishath Alaina
އައިޝަތު އަލައިނާ
Jun 1, 2024, 05:05 PM
މާލެ ސިޓީ

ސްޓެލްކޯއިން މި މަހު ގޭބީސީތަކަށް ކަރަންޓު ބިލް ފޮނުވި އިރު ބިލްގައި މައްސަލަ ހުރި ކަމަށް ބުނެ ރައްޔިތުން ޝަކުވާ ކުރާއިރު އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ހުސައިން ފަހުމީ ސަމާލުކަމެއް ނުދެއްވާތީ ޕީއެންއެފްގެ ސެކެރެޓަރީ ޖެނެރަލް މުހައްމަދު މަލީހު ޖަމާލު ފާޑުވިދާޅުވެއްޖެއެވެ.

Advertisement

މަލީހު މިފަދައިން ވިދާޅުވީ އެކްސްގައި އެމަނިކުފާނު ކުރެއްވި ޕޯސްޓެއްގައިއެވެ.

ވާނުވާ ނޭނގި މި މަހުގެ ކަރަންޓު ބިލު އިންތިހާއަށް ބޮޑުވެފައިވާތީ ރައްޔިތުން އަންނަނީ މި މައްސަލަ އޮޅުންފިލުވަން މަސައްކަތް ކުރަމުންނެވެ. އަދި މި މައްސަލައާއި ގުޅިގެން ސްޓެލްކޯއަށް އަންނަނީ އެކި ވަރުގެ ފާޑުކިޔުން އަމާޒުވަމުންނެވެ.

ނަމަވެސް މިހާތަނަށް ރައްޔިތުންގެ މި ކަންބޮޑުވުންތަކަށް އެމްޑީ ފަހުމީ އެއްވެސް އިޖާބައެއް ދީފައިވާ މަންޒަރެއް ނުފެނެއެވެ.

ގިނަ އާންމުން ވަނީ މިމަހުގެ ކަރަންޓު ބިލު ބޮޑުވާހަކަ ދައްކާ އެއީ ރައްޔިތުންނަށް މިދިޔަ ރޯދަމަހާ ދިމާކޮށް ދިން ޑިސްކައުންޓުގެ ބަދަލު އެ ކުންފުނިން ހޯދަނީ ކަމަށްބުނެފައެވެ.

ސްޓެލްކޯއިން މިކަމާ ގުޅިގެން ބުނެފައިވަނީ ކަރަންޓު ބިލުތައް ބޮޑުވެފައިވަނީ ކަރަންޓު ބޭނުންކުރެވޭ މިންވަރު ގޭބިސީތަކުގައި އިތުރުވެފައިވަތީ ކަމަށެވެ.

ނަމަވެސް އާންމުން ހާމަކޮށްފައިވާ ގޮތުގައި ފާއިތުވި މަހުގެ ގިނަ ދުވަސްތަކަކީ ވިއްސާރަ މޫސުމުގެ ދުވަސްވަރު ކަމުގައިވާއިރު ގިނަ ގޭގޭގައި އޭސީއާ ފަންކާ ފަދަ އާލާތްތައް ބޭނުންކުރުން މަދުވާނެކަން ޔަގީން ކަމަށެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved