March 12, 2026
Advertisement
ސްޓެލްކޯ އެމްޑީ ފަހުމީ
ސްޓެލްކޯ އެމްޑީ ފަހުމީ / ސްޓެލްކޯ

ސްޓެލްކޯއާ ދެކޮޅަށް ރައްޔިތުން ނިކުންނަނީ!

Mariyam Isaadha
މަރިޔަމް އިސާދާ
Jun 1, 2024, 08:13 PM
މާލެ ސިޓީ

ފާއިތު މަހަކީ ރާއްޖެއަށް ނަހަމަ ވިއްސާރަ ފިނި ދުވަސްވަރަކަށްވީ ނަމަވެސް ކަަރންޓު ބިލުތަކުގައި ހުރި އަދަދުތައް ތިރިއަށް ނުދާތީ އާ އަދި ފާއިތުވި މަހު ގިނަ ގޭބިސީތަކުގައި މީހުން ދިރިއުޅެފައި ނުވާއިރުވެސް ކަރަންޓު ބިލު އެހެން މަސް މަހާ އަޅާ ބަލާއިރު ބޮޑުތަނުން ބޮޑުވެފައިވާތީ ރައްޔިތުން އިހުތިޖާޖަށް ނިކުންނަން ނިންމައިފިއެވެ.

Advertisement

ބައެއް ގޭބިސީ ތަކަށް ބިލު ފޮނުވާފައިވަނީ މަސް ހަމަ ނުކޮށް ކަމަށްވާއިރު އަނެއް ބައި ގޭބިސީތަކަށް ކުރީގެ ރީދިންގގައި ހިމެނޭ މުއްދަތުން ބައެއް ލުމަށް ފަހު ރީދިން ހިމަނާ ބިލުކޮށްފައިވެއެވެ، މީގެ އިތުރުން ގިނަ ގޭބިސީތަކުގައި ނިމިދިޔަ މަހު މީހުން ނޫޅޭ އިރު ކަރަންޓު ބޭނުންކުރި މިންވަރު ބޮޑު ތަނުން އިތުރުވީ ސަބަބު ހާމަކޮށްދިނުމަށްވެސް ރައޔްިތުން ވަނީ މީސް މީޑީޔާގެ އެކި ޕޯސްޓުތަކުގައި އެދިފައެެވެ.

ސްޓެލްކޯއިން ހާމަކުރާ ގޮތުގައި ބިލު ބޮޑުވެފައިވަނީ ހައްދެއް ސުމާރެއް ބެލުމެއް ނެތި ކަރަންޓު ބޭނުންކޮށްފައި ހުރުމުންނެވެ. އޭގެ ޖަވާބުގައި ބައެއް އާންމުން ބުނެފައިވާ ގޮތުގައި ގޭގައި މީހުން ނޭޅޭ މަހަކަށްވީ ނަަމވެސް ކަރަންޓު ބޭނުންކުރުން އިތުރުވެދާނެތޯއާ އެހެން ކަމަށްވާ ނަމަ ޖިންނި ޝައިތޯނުން ކަރަންޓު ބޭނުންކުރީ ކަމަށެވެ.

ކަރަންޓުގެ މައްސަލައިގައި ރައްޔިތުން ރުޅި ގަދަވެ މިއަދު ވަނީ ސްޓެލްކޯއާ ދެކޮޅަށް އިހުތިޖާޖު ކުރަން ނިންމާފައެވެ. އިހުތިޖާޖު އޮންނާނީ މާލޭގައި ހުންނަ ސްޓެލްކޯ އިމާރާތުގެ ކުރިމަތިން އަމީނީ މަގާވީ ފަޅީގައެވެ. ހަވީރު ހަތަރެއް ޖަހާއިރު ބާއްވަން ހަމަޖެހިފައިވަނި ސުލްހަވެރި އިހުތިޖާޖެއް ކަމަށް މައުލޫމާތު ލިބިފައިވެއެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved