March 12, 2026
Advertisement
ފާނަ ނަގަން ފޭބި މީހުން ބޭނުން ކުރި ބާސްކެޓު އަދި ދިދަ އަދި ކައިރީގައި މަރުވި މީހާގެ ލޭ
ފާނަ ނަގަން ފޭބި މީހުން ބޭނުން ކުރި ބާސްކެޓު އަދި ދިދަ އަދި ކައިރީގައި މަރުވި މީހާގެ ލޭ / އަދަދު

ލޯންޗުގައި ޖެހި މަރުވި މީހާ އޮތީ ދެފަޅިވެފައި!

Mariyam Isaadha
މަރިޔަމް އިސާދާ
Jun 2, 2024, 03:05 AM
މާލެ ސިޓީ

އދ. ދަނގެތި ކައިރީގައި ފާނަ މަސްވެރި ކަމަށް މޫދަށް އެރި އުޅެނިކޮށް ލޯންޗަކުން ޖެހި މަރުވި ބިދޭސީ މީހާގެ ހަށިގަނޑުގެ ބޮޑުބައެއް އޮތީ ކަފައިގެން ގޮސްފައި ކަމަށް ރިޕޯޓުކޮށްފިއެވެ.

Advertisement

މަންޒަރު ދުށް ބައެއް މީހުންނާ ހަވާލާދީ ނޫސްތަކުގައި ރިޕޯޓުކޮށްފައިވާ ގޮތުގައި، އޭނާގެ ހަށިގަނޑު ރަށު ސިއްހީ މަރުކަޒަށް ގެނައީ އެމްބިއުލާންސްގައި ކަމަށާއި އެމްބިއުލާންސް ތެރޭގައިވެސް އޮތީ ލޭ ހެދިފައި ކަމަށެވެ. އަދި އޭނާގެ ބޮލުގެ ފުށްކިބައިން ބޮޑުތަނެއް ކަފައިގެން ގޮސްފައިވާއިރު، މޫނުން ފެށިގެން ފޫޅާ ހަމައަށް އޮތީ ކަފައިގެން ގޮސްފައި ކަމަށް ވެސް ރިޕޯޓުކޮށްފައިވެއެވެ.

އެ ހާދިސާގައި މަރުވީ ފ. ފީއައްޔަށް ނިސްބަތްވާ “ޓްވިންސް” ނަމަކަށް ކިޔާ ދޯންޏެއްގެ ބަންގްލަދޭޝް ފަޅުވެރިއެކެވެ. އޭނާ މޫދުން ނަގައިގެން ދަނގެތީ ސިއްހީ މަރުކަޒަށް ގެންދިޔައިރުވެސް އޮތީ މަރުވެފައެވެ.


އެ ހާދިސާގައި އެ މީހާގެ ގައިގައި ޖެހުނީ މާމިގިލިން ފުރައިގެން މާލެއަށް ދަތުރު ކުރަމުންދިޔަ ލޯންޗެއް ކަމަށެވެ. އަދި އެއީ މާލެ ދަތުރުކުރުމަށް ލޯންޗު ދުއްވާ އުޅޭ ސަރަހަދެކެވެ. ދައުރުވަމުންދާ ވީޑިއޯ އިން ފެންނަ ގޮތުގައި، އެ ދޯނީގެ މީހުން އެ ސަރަހައްދުގައި ފާނަ މަސްވެރިކަން ކުރަމުން ދިޔައީ ބާސްކެޓްގައި ސަލާމަތީ ގޮތުން ނަގަންޖެހޭ ދިދަ ވެސް ނަގައިގެންނެވެ.

ދައުރުވަމުން ދާ ވީޑިއޯއިން ފެންނަ ގޮތުގައި އެމީހާގެ ލެއިން މޫދުގެ އެ ހިސާބު އޮތީ ރަތްވެފައެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved