March 12, 2026
Advertisement
ލޯންޗަކުން ޖެހި ނިޔާވި މީހާގެ މައްސަލައިގައި ހައްޔަރުކުރި މީހާގެ ބަންދަށް 10 ދުވަސް ޖަހައިފި
ލޯންޗަކުން ޖެހި ނިޔާވި މީހާގެ މައްސަލައިގައި ހައްޔަރުކުރި މީހާގެ ބަންދަށް 10 ދުވަސް ޖަހައިފި / ޕޮލިސް

ލޯންޗަކުން ޖެހި ނިޔާވި މީހާގެ މައްސަލައިގައި ހައްޔަރުކުރި މީހާގެ ބަންދަށް 10 ދުވަސް ޖަހައިފި

Aminath Zara
އައިމިނަތު ޒާރާ
Jun 2, 2024, 08:38 PM
މާލެ ސިޓީ

އދ.ދަނގެތި ކައިރިއަށް ފާނަ މަސްވެރިކަމުގައި ފައިބައި އުޅުނު ބިދޭސީއެއްގެ ގައިގައި ލޯންޗަކުން ޖެހި ނިޔާވި މައްސަލައިގައި، ހައްޔަރު ކުރި ލޯންޗު ކައްޕީގެ ބަންދަށް 10 ދުވަސް ޖަހައިފިއެވެ.

Advertisement

މި ހާދިސާއާއި ގުޅޭގޮތުން ފުލުހުން ހާމަކޮށްފައިވަނީ، ލޯންޗު ދުއްވަން އިނީ ދިވެއްސެއްކަމަށާއި، އޭނާ އިއްޔެ ހައްޔަރު ކޮށްފައިވާ ކަމަށެވެ.

ދަނގެތި ކައިރިއަށް ފާނަ މަސްވެރިކަމުގައި ފައިބައި އުޅުނު މީހެއްގެ ގައިގައި ލޯންޗަކުން ޖެހިފައިވާކަމުގެ މައުލޫމާތު ފުލުހުންނަށް ރިޕޯޓްކޮށްފައިވަނީ އިއްޔެ ހެނދުނު 7:55 ހާއިރުއެވެ.

ލޯންޗުން ޖެހުނު މީހާ ދަނގެތި ސިއްހީ މަރުކަޒަށް ގެންދިޔައިރު ވެސް ނިޔާވެފައިވާކަމަށް ސިއްހީ މަރުކަޒުން މައުލޫމާތުދޭކަމަށާއި، މި ހާދިސާގައި ނިޔާވެފައިވަނީ ބިދޭސީ ފިރިހެނެއްކަމަށް ފުލުހުން މައުލޫމާތުދެއެވެ.

ފުލުހުން އަންނަނީ މި މައްސަލަ ތަހުގީގު ކުރަމުންނެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved