March 19, 2026
Advertisement
ޝިއުނާ
ޝިއުނާ / ސޯޝަލް މީޑިއާ

ބޮޑުވީ ކަރަންޓް ބިލެއް ނޫން، ބޮޑުވީ އަނގަ: ޝިއުނާ

Aishath Naja
އައިޝަތު ނަޖާ
Jun 2, 2024, 08:50 PM
މާލެ ސިޓީ

ސަރުކާރުގެ ކަރަންޓް ކުންފުނި "ސްޓެލްކޯ" އިން ކަރަންޓް ބިލްތަކުގައި މަކަރު ހަދާފައިވާ ކަމުގެ ޝަކުވާ ކުރަމުންގެންދާއިރު ބޮޑުވީ ކަރަންޓް ބިލް ނޫންކަމަށާއި ބޮޑުވީ އާންމު ރައްޔިތުންގެ އަނގަކަމަށް ސަސްޕެންޝަންގައި ހުންނެވި ޔޫތް މިނިސްޓްރީގެ ޑެޕިޔުޓީ މިނިސްޓާރ މަރިޔަމް ޝިއުނާ ވިދާޅުވެއްޖެއެވެ.

Advertisement

ޝިއުނާ އޭނާގެ ފޭސްބުކް އެކައުންޓުގައި ކަރަންޓް ބިލް ބޮޑުވެފައިވާ ކަމުގެ ހަބަރެއް ހިއްސާ ކުރެއްވުމަށްފަހު ބުނެފައިވަނީ "ބޮޑުވީ ކަރަންޓް ބިލެއް ނޫން ކަމަށާއި އާންމު ރައްޔިތުންގެ އަނގަ" ކަމަށެވެ.

ޝިއުނާގެ މި ޕޯސްޓުގެ ސަބަބުން އާންމު ރައްޔިތުން އަންނަނީ ޝިއުނާއަށް ޝޯޝަލް މީޑިޔާގައި ފާޑުކިޔަމުންނެވެ.

އެގޮތުން ކަރަންޓް ބިލް ބޮޑުކަމުގެ އިހުސާސް ޝިއުނާ އަށް ނުކުރެވޭނެ ކަމަށާއި ސަބަބަކީ ސަސްޕެންޝަންގައި އެއްވެސް މަސައްކަތެއް ނުކުރައްވާ ކޮންމެ މަހަކު 31،000 ރުފިޔާ ލިބޭތީކަމަށެވެ.

މަސައްކަތެއް ނުކޮށް އެހާ ބޮޑު މުސާރައެއް ލިބޭ ފަރާތަކަށް އާންމު ރައްޔިތު މީހާގެ ގެޔަށް އަރާ 3000 ރުފިޔާގެ ކަރަންޓް ބިލް އެއީ ބޮޑު އެއްޗަކަށް ނުވާނެކަމަށް ބުނެ ގިނަ ފަރާތްތަކުގެ ފާޑުކިޔުން ވަނީ ޝިއުނާ އަށް އަމާޒުކޮށްފައެވެ.

ކުރީ ސަރުކާރުގައި ކަރަންޓް ބިލް ބޮޑުވެގެން އެ ޝަކުވާ ޝިއުނާ ސޯޝަލް މީޑިޔާގައި ވަނީ ކޮށްފައެވެ.

ނަމަވެސް މިއަދު އާންމުން ކަރަންޓް ބިލް ބޮޑުކަމުގެ ޝަކުވާކުރާތީ ޝިއުނާ ވަނީ އެކަންތައް ބޮޑުކަމަކަށް ހަދާ ސަރުކާރު އަދި ސްޓެލްކޯގެ އެމްޑީ ފަހުމީގެ ދިފާއުގައި ނިކުމެފައެވެ.

ސްޓެލްކޯ އިން ނިމިދިޔަ މަހުގެ ކަރަންޓް ބިލްތައް ގޭގެޔަށް ފޮނުވާފައިވަނީ މަކަރުހެދުމަށްފަހު ރައްޔިތުން "ފެލުމުގެ" ބޭނުމުގައި ކަމަށް ބުނެ ސްޓެލްކޯ ކުރިމަތީ އާންމުން ވަނީ އިހުތިޖާޖް ވެސް ކޮށްފައެވެ.

ކޮމެންޓު
ކޮމެންޓްތައު
ދަންޑަހެލު
Jun 9, 2024, 12:33 AM
ސަންތި މަރިޔަބު ދަތްގޯނި ހިފާގެން އާއިރު އަނގަ ބޮޑު ޝިއުނާ އޮތީފިލާފަ.އެހެންވުމުމުގެ ސަބަބުން ސަންތި މަރިޔަބު އާރުޅިން ފިލާއޮތް ޝިއުނާ ހޯދާ އޭނަގެ އަނގަ މައްޗަށް ދަތްތައް އުކާލާފަ ދިޔައީ........
މަރީ
Jun 4, 2024, 03:41 AM
ތި ޝިއުނާ އާއި އަދުރޭ އާ ފައިސަލް އަށް ލަދުގަންނަން އެނގޭނީ ލަދަކީ ކޯއްޗެއްކަން އެނގިގެން ތާ! ލަދު މި ބަސް ވެސް ނޭނގޭ ބައެއް
Hoodhu
Jun 3, 2024, 12:14 AM
ހާދަ އަގަ ހަޑިއޭ ޝިއުނާ
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved