May 2, 2026
Advertisement
ރުހުން ދީފައިނުވާ ތިން ވަޒީރުން
ރުހުން ދީފައިނުވާ ތިން ވަޒީރުން / ތޭރަގްރެފިކްސް

ރުހުން ދީފައިނުވާ ތިން ވަޒީރުންނަށް މާދަމާ ރުހުން ހޯދުމަށް މަޖިލީހަށް!

Aishath Naja
އައިޝަތު ނަޖާ
Jun 2, 2024, 09:41 PM
މާލެ ސިޓީ

19 ވަނަ ރައްޔިތުންގެ މަޖިލީހުން ރުހުން ދީފައިނުވާ މި ސަރުކާރުގެ ތިން ވަޒީރުންނަށް ރުހުން ހޯދުމަށް އައު މަޖިލީހަށް ނަންތައް ފޮނުވައިފިއެވެ.

Advertisement

ރުހުން ނުދިން ތިން ވަޒީރުންނަކީ ބަންޑާރަނައިބު އަހުމަދު އުޝާމާއި އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދާއި ހައުސިން މިނިސްޓަރު ޑރ. އަލީ ހައިދަރެވެ.

މިއަހަރުގެ ޖެނުއަރީ މަހުގެ 29 ވަނަ ދުވަހު ދައުރުން ބޭރުން ބޭއްވި މަޖިލީހުގެ ޖަލްސާގައި ވަޒީރުންނަށް ރުހުން ދީފައިވާއިރު މި ތިން ވަޒީރުންނަށް ރުހުން ދީފައިނުވެއެވެ.

އެހެންނަމަވެސް ރައީސް ޑރ މުހައްމަދު މުއިއްޒު ވަނީ އެ ތިން ވަޒީރުން އަލުން މަޤާމަށް އައްޔަންކުރައްވާފައެވެ.

މި ވަޒީރުންނަށް ރުހުން ދިނުމަށް އެދި އަލުން ފޮނުވިއިރު މާދަމާގެ ޖަލްސާއަށް އެ މައްސަލަ ވަނީ އެޖެންޑާ ކޮށްފައިއެވެ.

20 ވަނަ ރައްޔިތުންގެ މަޖިލީހަކީ ސަރުކާރުގެ ސުޕަރމެޖޯރިޓީ އޮތް މަޖިލީހަކަށް ވުމުން މި ވަޒީރުންނަށް އެއްވެސް ހުރަހެއްނެތި ރުހުން ލިބޭނެއެވެ.

20 ވަނަ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ހުވާކޮށްފައިވާއިރު މާދަމާ އިން ފެށިގެން ޖަލްސާތައް ކުރިޔަށްގެންދަވާނެ ކަމަށް މަޖިލީހުން ވަނީ ހާމަކޮށްފައެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved