March 12, 2026
Advertisement
މަރު ކޮމިޝަންގެ މަސައްކަތްތައް ނުނިމެނީސް، ނިމިފައިވާ ކަމަށް ބުނެ ރައީސް އެ ކޮމިޝަން އުވާލައްވައިފި
މަރު ކޮމިޝަންގެ މަސައްކަތްތައް ނުނިމެނީސް، ނިމިފައިވާ ކަމަށް ބުނެ ރައީސް އެ ކޮމިޝަން އުވާލައްވައިފި / ސޯޝަލް މީޑިއާ

މަރު ކޮމިޝަންގެ މަސައްކަތްތައް ނުނިމެނީސް، ނިމިފައިވާ ކަމަށް ބުނެ ރައީސް އެ ކޮމިޝަން އުވާލައްވައިފި

Aminath Zara
އައިމިނަތު ޒާރާ
Jun 3, 2024, 02:16 AM
މާލެ ސިޓީ

ގެއްލުވާލައިފައިވާ މީހުންނާއި މަރާލައިފައިވާ މީހުންގެ މައްސަލަތައް ބަލަން ހަދާފައިވާ މަރު ކޮމިޝަނުން ބަލަން ފަށާފައިވަ މައްސަލަތައް ނުނިމެނީސް، އެ ކޮމިޝަންގެ މަސައްކަތްތައް ނިމިފައިވާ ކަމަށް ބުނެ ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު މަރު ކޮމިޝަން އުވާލައްވާފިއެވެ.

Advertisement

ކުރީ ސަރުކާރުން އުފެއްދި މި ކޮމިޝަނުން 27 މައްސަލައެއް ބަލަން ފެށި ނަމަވެސް ތަހުގީގު ރައީސް އޮފީހާއި ހަމައަށް ފޮނުވާފައިވާ މައްސަލަ 10 އަކަށްވެސް ނާރާ ކަމަށް މައުލޫމާތު ހޯދިފައިވެއެވެ.

ނަމަވެސް އެ ކޮމިޝަން އުވާލައްވަމުން ރައީސް ނެރުއްވާފައިވާ ރިޔާސީ ގަރާރުގައި ވިދާޅުވެފައިވަނީ އެ ކޮމިޝަނަށް ހަވާލުކޮށްފައިވާ މަސައްކަތްތައް ނިންމާފައިވާ ކަމަށެވެ.

މި ކޮމިޝަނުން ބަލައި ނިންމާފައިވަނީ ގެއްލުވާލައިފައިވާ ނޫސްވެރިޔާ ރިލްވާން އަބްދުﷲ ގެ މައްސަލައާއި، ބަންގްލަދޭޝްގައި ކިޔަވަން ހުއްޓާ މަރުވެފައިވާ ރައުދާ އާތިފްގެ މައްސަލައާއި ކުރީގެ ރައްޔިތުންގެ މަޖިލީހުގެ މެންބަރު އަފްރާޝީމް އަލީ ގެ މައްސަލައިގެ އިތުރުން ޖަލުގައި މަރުވި ހަސަން ޒަރީރުގެ މައްސަލައާއި ގޭންގް ހަމަލާއެއްގައި މަރާލި ފާތިރު މުހައްމަދުގެ މައްސަލައެވެ

މި ކޮމިޝަނުން ބަލަމުންދާ މައްސަލަތައް އެއްކޮށް ނުނިމެނީސް ކޮމިޝަން އުވާލުމަކީ އެ ފަރާތްތަކަށް އިތުރަށް މި ސަރުކާރުން އިންސާފު ނުލިބޭނެ ކަމުގެ ހެއްކެކެވެ. ހަމަހަމަ ކަމާއި އިންސާފު ހޯދައިދޭނެ ކަމަށް ރައީސް ވިދާޅުވި ނަމަބވެސް ރައީސްގެ އަމަލުފުޅުތަކުން ދައްކަވަމުންދަނީ އެހެން މަންޒަރެކެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved