March 19, 2026
Advertisement
އެފްކޮންސް ކުންފުނިން ބޭނުން ކުރަމުންދިޔަ ޕްލެޓްފޯމެއް ބޮޑު ކަޅިއާ ހަމައަށް އޮޔާ ގެންގޮސްފި
އެފްކޮންސް ކުންފުނިން ބޭނުން ކުރަމުންދިޔަ ޕްލެޓްފޯމެއް ބޮޑު ކަޅިއާ ހަމައަށް އޮޔާ ގެންގޮސްފި / ސޯޝަލް މީޑިއާ

އެފްކޮންސް ކުންފުނިން ބޭނުން ކުރަމުންދިޔަ ޕްލެޓްފޯމެއް ބޮޑު ކަޅިއާ ހަމައަށް އޮޔާ ގެންގޮސްފި

Aminath Zara
އައިމިނަތު ޒާރާ
Jun 3, 2024, 02:17 AM
މާލެ ސިޓީ

ތިލަމާލެ ބުރިޖުގެ މަސައްކަތްތައް ކުރުމަށް އެފްކޮންސް ކުންފުނިން ބޭނުން ކުރަމުންދިޔަ ޕްލެޓްފޯމެއް ބޮޑު ކަޅިއާ ހަމައަށް އޮޔާ ގެންގޮސްފި އެވެ.

Advertisement

އެ ޕްލެޓްފޯމު އޮޔާ ގެންގޮސްފައި ވަނީ އޭތި އޮތް ތަނުން ނަގައިގެން އެހެން ތަނަކަށް ބަދަލު ކުރަން އުޅުމުގެ ތެރޭގައި މީގެ ހަތަރު ވަރަކަށް ދުވަސް ކުރިން  ކަމަށް މައުލޫމާތު ލިބިފައިވެއެވެ.

އެ ޕްލެޓް ފޯމު މިހާރު އޮތް ތަނުން ވީހައިވެސް އަވަހަކަށް ނެގުމަށް އެންވަރަމަންޓް ޕްރޮޓެކްޝަން އޭޖެންސީ (އީޕީއޭ) އިން އިންފްރާސްޓްރަކްޗާ މިނިސްޓަރީއަށް އަންގައިފައި ވާނެ ކަމަށް އެ އޭޖެންސީން މައުލުމާތު ހާމަކޮށްފައިވާއިރު، އެކަމާ ގުޅޭގޮތުން އިންފްރާސްޓްރަކްޗާ މިނިސްޓަރީއިން ހާމަކޮށްފައިވަނީ އެފަދަ މައުލޫމާތެއް އަދި ލިބިފައި ނުވާ ކަމަށާއި "ޗެކް" ކޮށްލުމަށްފަހު މައުލޫމާތު ދޭނެ" ކަމަށެވެ.

ތިލަމާލެ ބުރިޖު އެޅުމަށް ބޭނުން ކުރި ޕްލެޓްފޯމެއް މީގެ ކުރިން ވެސް ވަނީ އޮޔާ ގޮސް ވިލިމާލެ ފަރަށް އަރައިފަ އެވެ. އޯގަސްޓު 16، 2022 ގައި ހިނގި އެ ހާދިސާއާ ގުޅިގެން އެފްކޮންސް އެފަހަރު 69.4 މިލިއަން ދިވެހި ރުފިޔާއިން ޖޫރިމަނާ ކުރި އެވެ. ނަމަވެސް އެ ފައިސާ މިއަދާ ހަމައަށް ވެސް އެ ކުންފުނިން ދައްކައިފައި ނުވާއިރު މި ހާދިސާ އާއި ގުޅިގެން ލިބިފައިވާ ގެއްލުމުގެ މައުލޫމާތެއް އަދި މީޑިޔާ ތަކާއި ހިއްސާކޮށްފައިނުވެއެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved