March 9, 2026
Advertisement
މުހައްމަދު މަލީހު ޖަމާލް
މުހައްމަދު މަލީހު ޖަމާލް / ތޭރަ އޮންލައިން

ޓޫރިޒަމް މިނިސްޓަރ 6 މަސްދުވަހުގެ ވާހަކަދެއްކުމުގެ ކޯހެއް ފުރިހަމަ ކުރުމުގައި: މަލީހު

Aishath Alaina
އައިޝަތު އަލައިނާ
Jun 3, 2024, 03:52 PM
މާލެ ސިޓީ

ފަތުރުވެރިކަމުގެ ސިނާއަތް ދަށަށް ދާ ދަނޑިވަޅުގައި ރާއްޖޭގެ ޓޫރިޒަމް މިނިސްޓަރު އިބްރާހިމް ފައިސަލް އުޅުއްވަނީ 6 މަސްދުވަހުގެ ވާހަކަދެއްކުމުގެ ކޯހެއް ފުރިހަމަ ކުރުމުގައި ކަމަށް ޕީއެންއެފްގެ ސެކެރެޓަރީ ޖެނެރަލް މުހައްމަދު މަލީހު ޖަމާލު ވިދާޅުވެއްޖެއެވެ.

Advertisement

އެކްސްގައި ކުރެއްވި ޕޯސްޓެއްގައި މަލީހު ވިދާޅުވީ، ނިމިދިޔަ މޭ މަހަކީ ފާއިތުވި ތިން އަހަރާއި އަޅާބަލާއިރު ރާއްޖެއަށް އެންމެ މަދުން ފަތުރުވެރިން ޒިޔާރަތްކުރި މަސް ކަމަށެވެ.

އިތުރުން މިފަދައިން ފަތުރުވެރިކަމުގެ ސިނާއަތަށް މިހާ ބޮޑު ބަދަލެއް އައި އިރު ރާއްޖޭގެ ފަތުރުވެރިކަމާއި ބެހޭ ވަޒީރު ނެތްކަން މަލީހު ވަނީ ފާހަގަކުރައްވާފައިއެވެ.

މުޅި މެއި މަހަށް ބަލާނަމަ ޖުމްލަ 120،000 ފަތުރުވެރިންވެސް ރާއްޖެއަށް ޒިޔާރަތްކޮށްފައި ނުވާއިރު، ދުވާލެއްގެ މައްޗަށް ރާއްޖެއަށް ޒިޔާރަތް ކުރި ފަތުރުވެރިންގެ އަދަދު 2،000 ހަށް ވެސް ނާރާކަމަށް މަލީހު ވަނީ ފާހަގަކުރައްވާފައިއެވެ.

މަލީހު ވިދާޅުވީ މިއީ ވަރަށް ދެރަ ކަމެއް ކަމަށެވެ. އަދި ފަތުރުވެރިކަމުގެ ސިނާއަތް މިފަދައިން ދަށަށް ގޮސްފައިވާ ދަނޑިވަޅެއްގައި މި ސިނާއަތުގައި އިސް ރޯލެއް އަދާ ކުރާ އެމްއެމްޕީއާރުސީ މެނޭޖިން ޑިރެކްޓަރެއް ނެތްކަމަށްވެސް މަލީހު ވަނީ ފާހަގަކުރައްވާފައިއެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved