March 12, 2026
Advertisement
މިނިސްޓާރ ޝަހީމް
މިނިސްޓާރ ޝަހީމް / ވޮއިސް.އެމްވީ

ޣައްޒާގެ ރައްޔިތުންގެ ދިފާއުގައި މަސައްކަތް ކުރުމަކީ އިންސާނީ ވާޖިބެއްް: ޝަހީމް

Aishath Naja
އައިޝަތު ނަޖާ
Jun 3, 2024, 05:14 PM
މާލެ ސިޓީ

ފަލަސްތީނުގެ ޣައްޒާގެ ރައްޔިތުންގެ ހައްގުގައި މަސައްކަތް ކުރުމަކީ އިންސާނީ ވާޖިބެއް ކަމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.

Advertisement

އެމަނިކުފާނު މިފަދައިން ވިދާޅުވެފައިވަނީ އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ.

އެގޮތުން ޣައްޒާގެ ދިފާއުގައި އެންމެން ތެދުވެ މަސައްކަތް ކުރުމަކީ އިންސާނީ ވާޖިބެއް ކަމަށާއި އެމީހުންގެ ރައްކާތެރިކަމަށްޓަކައި އިންސާނީ ހައްގުތައް ކަށަވަރުކޮށްދޭން ޖެހޭ ކަމަށް ވެސް އެ ޕޯސްޓްގައި އެމަނިކުފާނު ވަނީ ފާހަގަކުރައްވާފައެވެ.

މިނިސްޓާރ ޝަހީމަކީ ބޭރުގައި ބޭއްވޭ ބޮޑެތި މަހާ ސިންތާ ތަކުގައިވެސް ފަލަސްތީނުގެ ރައްޔިތުންގެ ދިފާއުގައި އަބަދުވެސް އަޑުއުފުލަމުން ގެންދަވާ ބޭފުޅެކެވެ.

އިޒްރޭލް ޕާސްޕޯޓްގައި މީހުން ރާއްޖެ އެތެރެވުން ސަރުކާރުން ވަނީ މަނާކޮށްފައެވެ. ޕާސްޕޯޓް މަނާކުރުމަށްޓަކައި ގާނޫނަށް އިސްލާހް ގެނެއުމަށް އިއްޔެ ބޭއްވުނު ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުމުން ވަނީ ނިންމާފައެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved