May 2, 2026
Advertisement
ދިވެހި ބަހުގެ ވުޒާރާގެ ވަޒީރު
ދިވެހި ބަހުގެ ވުޒާރާގެ ވަޒީރު / ސޯޝަލް މީޑިއާ

ގައުމިއްޔަތު މިނިސްޓްރީގައި 35 ސިޔާސީ މުވައްޒަފުން!

Aishath Naja
އައިޝަތު ނަޖާ
Jun 3, 2024, 05:29 PM
މާލެ ސިޓީ

މި ސަރުކާރުން މިނިސްޓްރީ އޮފް ދިވެހި ލެންގުއޭޖް އެންޑް ކަލްޗާ އެންޑް ހެރިޓޭޖަށް 35 ސިޔާސީ މުވައްޒަފުން އައްޔަން ކޮށްފައިވާކަން ހާމަވެއްޖެއެވެ.

Advertisement

މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ގާނޫނުގެ ދަށުން އޮންލައިން ނޫހެއްކަމަށްވާ "އަދަދު" ނޫހުން ވަނީ ނޮވެމްބަރު 17, 2023 އިން މެއި 1, 2024 އާ ހަމައަށް އެ މިނިސްޓްރީގައި ތިބި ސިޔާސީ މުވައްޒަފުންގެ މައުލޫމާތު ހޯދުމަށް އެ މިނިސްޓްރީގައި އެދިފައެވެ.

ގައުމިއްޔަތު މިނިސްޓްރީގެ ސިޔާސީ މަގާމުތަކުގެ އަދަދާއި ލިބޭ މުސާރަ:

  • އެއް މިނިސްޓަރު - 58,500ރ.
  • ތިން ސްޓޭޓް މިނިސްޓަރުން - މީހަކަށް 43,500ރ
  • ނުވަ ޑެޕިއުޓީ މިނިސްޓަރުން - މީހަކަށް 31,500ރ.
  • 16 ސީނިއާ ޕޮލިޓިކަލް ޑިރެކްޓަރުން - މީހަކަށް 25,500ރ.
  • ފަސް ޕޮލިޓިކަލް ޑިރެކްޓަރުން - މީހަކަށް 20,500ރ.
  • އެއް އެސިސްޓަންޓު ޕޮލިޓިކަލް ޑިރެކްޓަރުން - މީހަކަށް 18،000ރ.

މި މައުލޫމާތުން އެނގޭ ގޮތުގައި އެ މިނިސްޓްރީގެ ސިޔާސީ މުވައްޒަފުންގެ މުސާރަ ދިނުމަށް މަހެއްގެ މައްޗަށް 1,001,000 ރ. (އެއް މިލިއަން އެއްހާސް ރުފިޔާ) ހޭދަވާނެއެވެ.

އެއީ، އަހަރެއްގެ މައްޗަށް ބަލާނަމަ 12،012،000ރ. (ބާރަ މިލިއަން ބާރަ ހާސް ރުފިޔާ) ކަން ފާހަގަކޮށްލެވެއެވެ.

މަތި ލުއި ސަރުކާރެއް ދަމަހައްޓަން ވެރިކަމަށް އައި ސަރުކާރުން ދަނީ އެއްވެސް ހައްދެެއްނެތި މަގާމްތަކަށް މީހުން އައްޔަންކުރަމުންނެވެ. ރައީސް މުއިއްޒު ވަނީ ސިޔާސީ މަގާމްތަކުގެ އަދަދު 700 އަށްވުރެ ގިނަ ނުކުރާނެ ކަމަށް ވިދާޅުވެފައެވެ.

ނަމަވެސް މިހާރުވެސް އެ އަދަދު ވަނީ ފަހަނަ އަޅާގޮސްފައިކަމަށް ރައީސް އޮފީހުގެ އިސް ތަރުޖަމާނު ހީނާ ވަލީދުގެ ވާހަކަތަކުން ވަނީ ދޭހަވެފައެވެ. އެގޮތުން ހީނާ ވަނީ ސިޔާސީ މަގާމްތަކުގެ އަދަދު 3000 އަށްވުރެ މަތި ކަމަށް ވިދާޅުވެފައެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved