March 13, 2026
Advertisement
އިޒްރޭލް ޕާސްޕޯޓް ގަރާރަކުން މަނާ ކުރެވޭއިރު، މި ކުޅެނީ ކޮން ޑްރާމާއެއް؟
އިޒްރޭލް ޕާސްޕޯޓް ގަރާރަކުން މަނާ ކުރެވޭއިރު، މި ކުޅެނީ ކޮން ޑްރާމާއެއް؟ / ތޭރަގްރެފިކްސް

އިޒްރޭލް ޕާސްޕޯޓް ގަރާރަކުން މަނާ ކުރެވޭއިރު، މި ކުޅެނީ ކޮން ޑްރާމާއެއް؟

Aishath Naja
އައިޝަތު ނަޖާ
Jun 3, 2024, 11:57 PM
މާލެ ސިޓީ

މި މަހުގެ 2 ވަނަ ދުވަހު ރައީސް އޮފީހުގައި ބޭއްވުނު ކުއްލި ނޫސްވެރިންގެ ބައްދަލުވުމުގައި ހޯމްލޭންޑް އެންޑް ސެކިޔުރިޓީގެ މިނިސްޓާރ އަލީ އިހުސާން ވަނީ އިޒްރޭލު މީހުން ރާއްޖެ އަށް އެތެރެވޭ ގޮތަށް އޮންނަ އޮތުން ބަދަލުކުރަން ގާނޫނު އިސްލާހު ކުރަން ކެބިނެޓުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ނިންމައިފިކަމަށް އިއުލާންކުރައްވާފައެވެ.

Advertisement

އިޒްރޭލް މީހުން ރާއްޖެއައުން އަދި ސަރުކާރަށް އޯކޭ ކަން މި ނިންމެވި ނިންމުމުން ވެސް ސާފެވެ. އިޒްރޭލަކީ ރާއްޖެއާ އެއްވެސް ވަރަކަށް ސިޔާސީ ގުޅުމެއް އޮންނަ ގައުމެއް ވެސް ނޫނެވެ. ނުވީތާކަށް ވިސާ އެއްބަސްވުމެއް ވެސް ހެދިފައި ނެތެވެ. އަނެއް އޭންގަލް އިން ބަލާނަމަ އިމިގްރޭޝަނުން ހުއްދަ ނުދޭ މީހަކަށް ރާއްޖެ އެތެރެ އެއް ނުވެވޭނެއެވެ.

ރާއްޖޭގައި އަމަލު ކުރަމުންދާ ދިވެހި ރާއްޖޭގެ އިމިގްރޭޝަން ގާނޫނު (ގާނޫނު ނަންބަރު 2007/1) ގެ ދަށުން ރާއްޖެއަށް އެތެރެ ވެވޭނެ މީހުންނާ ނުވެވޭނެ މީހުން ސާފު ސަރީހަ އިބާރާތުން އޮންނަނީ ހާމައަށެވެ.

ގާނޫނަށް ނަޒަރު ހިންގާލިޔަސް ހަމަ ފެންނަނީ މިފަދަކަންކަމެވެ. އެގޮތުން ގާނޫނުގެ 8 ވަނަ މާއްދާ ހާއްސަކޮށްފައިވަނީ ރާއްޖެއަށް އެތެރެވުން ހުއްދަ ނެތް މީހުންނަށެވެ.

ރާއްޖެއަށް އެތެރެ ނުވެވޭނެ މީހުން ކަނޑައެޅޭ ގޮތް ގާނޫނުގައި ބުނެދީފައި އޮތީ ވަރަށް ވެސް ސާފުކޮށެވެ. އިޒްރޭލް މީހުން ރާއްޖެ އެތެރެވުން މަނާ ކުރަން ދެން ގާނޫނޫ ތަން ނުދެޔޭވެސް މިވެރިންނަކަށް ހަގީގަތުގައި ނުބުނެވޭނެއެވެ.

މަޖިލީހަށް ބިލެއް ހުށަހަޅައިގެން މިކަން ކުރަން ސަރުކާރުން މަޖިލިސް ބޮލަަށް ޖަހާލިއިރު މަޖިލީހުން ވަނީ ކަންތައް ކުރަންވީ ގޮތް ސާފުކޮށްދެއްވާފައެވެ.

މަޖިލީހުގެ ހާރިޖީ ކޮމިޓީން ވަނީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 115 ވަނަ މާއްދާގެ (މ) ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން ރައީސުލްޖުމްހޫރިއްޔާ ކަނޑައަޅަންޖެހޭ ސިޔާސަތެއް ކަމުގައިވާތީ، މި މައްސަލަ ރައީސުލްޖުމްހޫރިއްޔާގެ ސަމާލުކަމަށް ގެނައުމަށް ކޮމިޓީގައި ތިއްބެވި މެމްބަރުންގެ އަޣުލަބިއްޔަތުން ފާސްކޮށްފައެވެ.

މަޖިލީހުން މައްސަލަ ނިންމެވި ގޮތް ރައީސް މުއިއްޒު ހުވާކުރެއްވުމުން ވަނީ އެމަނިކުފާނަށް ސިޓީ އެއްގެ ޒަރީޔާއިން ފޮނުވާފައެވެ. އެހެންކަމުން މަސްދުވަސް މިކަމަށް ފާއިތުވެގެން ދިޔައިރު އެމަނިކުފާނު ގޮތެއް ނުނިންމެވި ސަބަބެއް ހާމައެއް ނުވެއެވެ.

މަގުތަކަށް އާންމުން ނިކުމެ ފަލަސްތީނުގެ ހައްގުގައި އިޒްރޭލް ޕާސްޕޯޓް މަނާކުރުމަށް ގޮވާލާވާރުން ފިއްތުންތައް ބޮޑުވެ މިވަނީ ހަމަ އެ މައްސަލަ އަނބުރާ ބިލެއްގެ ސިފައިގައި މަޖިލީހަށް ފޮނުވަން ނިންމާފައެވެ.

އިމިގްރޭޝަން ގާނޫނަކުން ވެސް މިކަމެއް ނުވިއެވެ. މަޖިލީހުން ނިންމި ގޮތްވެސް މަނިކުފާނަށް ކަމަކު ނުދިޔައެވެ. އިޒްރޭލް ޕާސްޕޯޓް ގަރާރަކުން މަނާ ކުރެވޭއިރު، މި ކުޅެނީ ކޮން ޑްރާމާއެއް؟

ކޮމެންޓު
ކޮމެންޓްތައު
Rkl shamoon Ashir
Jun 4, 2024, 05:17 PM
Alhugadha men mithibee vara ufalun. Alhugadhumenge lobuvethi rais mulhi duniye ye hairaan koleveetheeve. Israel akee dhivehi raajje ya maabodhu gulhume onna bayenoon. Veemaa kebinet mandarin mikamaavisnaa
ob
Jun 4, 2024, 04:58 PM
minister ihasaan resign kuranvee.
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved