March 12, 2026
Advertisement
ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީގެ މުގައްރިރަކަށް މާމިގިލީ ދާއިރާގެ މެންބަރަކަށް ގާސިމް އިބްރާހިމް
ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީގެ މުގައްރިރަކަށް މާމިގިލީ ދާއިރާގެ މެންބަރަކަށް ގާސިމް އިބްރާހިމް / ސޯޝަލް މީޑިއާ

ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީގެ މުގައްރިރަކަށް ގާސިމް!

Aminath Zara
އައިމިނަތު ޒާރާ
Jun 4, 2024, 05:44 PM
މާލެ ސިޓީ

ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީގެ މުގައްރިރަކަށް ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި މާމިގިލީ ދާއިރާގެ މެންބަރު ގާސިމް އިބްރާހިމް އިންތިހާބުކޮށްފި އެވެ.

Advertisement

މާލިއްޔަތު ކޮމިޓީގައި ހިމެނޭ އެހެން ބޭފުޅުންނަކީ ދިއްގަރު ދާއިރާގެ މެންބަރު އަދި މަޖިލީހުގެ ނައިބް ރައީސް އަހްމަދު ނާޒިމާއި، ހުޅުމާލެ ދެކުނު ދާއިރާގެ މެންބަރު އަދި ކުރީގެ ޓްރާންސްޕޯޓް މިނިސްޓަރު ޑރ. އަހްމަދު ޝަމްހީދާއި ކެލާ ދާއިރާގެ މެންބަރު އަބްދުﷲ ޝަރީފާއި، ފުވައްމުލަކު އުތުރު ދާއިރާގެ މެންބަރު ހަމަދު އަބްދުﷲއާއި، ފުނަދޫ ދާއިރާގެ މެންބަރު މުހައްމަދު މަމްދޫހްއާއި، ހަނިމާދޫ ދާއިރާގެ މެންބަރު އަބްދުލްޣަފޫރު މޫސާއާއި، ބާރަށު ދާއިރާގެ މެންބަރު އިބްރާހިމް ސުޖާއުއާއި، ގެމަނަފުށީ ދާއިރާގެ މެންބަރު އަސަދުﷲ ޝިހާބްގެ އިތުރުން ހިތަދޫ މެދު ދާއިރާގެ މެންބަރު އަހްމަދު އަޒާން އެވެ.

ވިހިވަނަ ރައްޔިތުންގެ މަޖިލީހުގެ ދާއިމީ ކޮމިޓީތައް މިއަދު އެކުލަވާލަން ފަށާފައިވާއިރު ޕީއެންސީގެ ސާފު އަގުލަބިއްޔަތު އޮތް މަޖިލީހުގެ މާލިއްޔަތު ކޮމިޓީގެ މެންބަރުން އެ ކޮމިޓީގެ މުގައްރިރަކަށް ގާސިމް ހޮވީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި މެންބަރުންގެ އިއްތިފާގުންނެވެ

މާލިއްޔަތު ކޮމިޓީގެ ނައިބް މުގައްރިރަކަށް ހޮވާފައިވަނީ މަޝްހޫރު ވިޔަފާރިވެރިޔާ އަދި އޭދަފުށި ދާއިރާގެ މެންބަރު އަހްމަދު ސަލީމް އެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved