March 12, 2026
Advertisement
މަޖިލިސް ރައީސް އަދުރޭ
މަޖިލިސް ރައީސް އަދުރޭ / މަޖިލިސް

ގޯތިތައް އަވަހަށް ހަވާލުކުރަން ލާޒިމްވާ ބިލު ބޭރުކޮށްލައިފި

Aishath Naja
އައިޝަތު ނަޖާ
Jun 4, 2024, 06:22 PM
މާލެ ސިޓީ

ގޯތި ލިބިފައިވާ ފަރާތްތަކަށް ތިން މަސްދުވަހުގެ ތެރޭގައި ގޯތިތައް ހަވާލު ކުރަންޖެހޭ ގޮތަށް ދިވެހިރާއްޖޭގެ ބިމާބެހޭ ޤާނޫނަށް ގެނައި އިސްލާހު ރައްޔިތުންގެ މަޖިލީހުން ބޭރުކޮށްލައިފިއެވެ.

Advertisement

ބިމާބެހޭ ޤާނޫނަށް އެ އިސްލާހު ހުށަހެޅުއްވީ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް އަހުމަދު ނަސީމެވެ.

މިއަދުގެ މަޖިލީހުގެ ޖަލްސާގައި މި ބިލު އަނބުރާ ކޮމިޓީއަށް ފޮނުވުމަށް ވޯޓަށް އެހުމުން ކޮމިޓީއަށް ފޮނުވުމަށް ފެންނަ ކަމަށް ވޯޓު ދީފައިވަނީ 12 މެމްބަރުންނެވެ.

އަދި އެކަމާ ދެކޮޅަށް 75 މެންބަރުން ވޯޓު ދީފައިވެއެވެ.

މި ބިލު އޮތްގޮތަށް ދެވަނަ ފަހަރަށް ފާސްކުރުމަށް ވޯޓަށް އެހުމުން ފެންނަ ކަމަށް 12 މެމްބަރުން އަދި ނުފެންނަ ކަމަށް 76 މެންބަރުން ވޯޓު ދީފައިވެއެވެ.

އެހެންކަމުން މި ބިލު ބާތިލުވީ ކަމަށް ރިޔާސަތުން ވަނީ އިއުލާނު ކުރައްވާފައެވެ.

މީކާއިލް ހުށަހެޅި އިސްލާހުގައި ބުނެފައިވަނީ ދިރިއުޅުމަށް ދޫކުރާ ބަންޑާރަ ގޯތި ލިބޭ ފަރާތްތައް ކަނޑައަޅައި ގޯތި ލިބޭ ފަރާތްތަކުގެ ދާއިމީ ލިސްޓު ގެޒެޓްކުރާ ތާރީހުން ފެށިގެން ގިނަވެގެން ހަ މަސްދުވަހުގެ ތެރޭގައި ގޯތި ލިބުނު ފަރާތްތަކަށް އެ ގޯތި ދޫކުރި އިދާއަކުން ގޯތި ހަވާލުކުރަންވާނެ ކަމަށެވެ.

އަދި މި ޤާނޫނަށް އަމަލުކުރަން ފަށާއިރު ބަންޑާރަ ގޯތި ލިބޭ ފަރާތްތައް ކަނޑައަޅައި ގޯތި ލިބޭ ފަރާތްތަކުގެ ދާއިމީ ލިސްޓު ގެޒެޓްކުރުމަށްފަހު ހަވާލުކޮށްފައިނުވާ ގޯތިތައް މި ޤާނޫނަށް އަމަލުކުރަން ފަށާ ތާރީހުން ފެށިގެން 3 މަސްދުވަހުގެ ތެރޭގައި ގޯތިތައް ލިބުނު ފަރާތްތަކާ ހަވާލުކުރަންވާނެ ކަމަށެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved