ވައްކަމުގެ ދެ މައްސަލައިގައި ދިވެހި ފިިރިހެނެއްގެ ފޮޓޯ އާއި ވަަނަވަރު އާންމުކޮށް އޭނާ ކޯޓަށް ހާޒިރުކުރުމަށް ހޯދަން ފުލުހުން އިއުލާނުކޮށްފި އެވެ.
ފޮޓޯ އާއި ވަަނަވަރު އާންމުކޮށް، ހޯދަން އިއުލާނުކޮށްފައި އަޙްމަދު ޢަބްދުﷲ، އާޒާދު, ހއ. މޮޅަދޫ، (31އ) އެވެ.
ފުލުހުން ބުނެފައިވަނީ އޭނާ ހޯދަމުންދަނީ ވައްކަމުގެ ދެ މައްސަލައެއްގެ ތަހުގީގަށް މީހަކު ހާޒިރުކުރުމަށް ބޭނުންވެ، އުޅޭ ވަކިތަނެއް ނޭނގުމުގެ ސަބަބުން ތަހުގީގަށް ހާޒިރުވުމަށް ޗިޓު ރައްދުކުރެވިފައި ނުވާތީ ހުޅުމާލެ ފޭސް 2 ޕޮލިސް ސްޓޭޝަން، 2024 ޖޫން 10 ވަނަ ދުވަހުގެ 10:00 އަށް އޭނާ ހާޒިރުކުރުމަށް ކަމަށެވެ.
އަޙްމަދު ޢަބްދުﷲ، އާޒާދުއާ ބެހޭ އެއްވެސް މައުލޫމާތެއް ލިބިފައިވާ މީހަކު ވާނަމަ ފުލުހުންނަށް ގުޅުއްވައި ހިއްސާކުރުމަށް ފުލުހުން ވަނީ އެދިފަ އެވެ.
މިފަދަ ކަންކަމުގައި އާންމު ރައްޔިތުންގެ ފަރާތުން ފުލުހުންނަށް ލިބެމުންދާ އެއްބާރުލުމަށް ފުލުހުން ވަނީ ޝުކުރު ދަންނަވައިފަ އެވެ.