March 21, 2026
Advertisement
މަރިޔަމް ސާޖިދާ
މަރިޔަމް ސާޖިދާ / ސްޓެލްކޯ

އަދުރޭގެ އަންހެން ދަރި ސާޖިދާ ސްޓެލްކޯއަށް!

Aishath Naja
އައިޝަތު ނަޖާ
Jun 4, 2024, 10:08 PM
މާލެ ސިޓީ

ސަރުކާރުގެ ކަރަންޓް ކުންފުނި "ސްޓެލްކޯ" ގެ ޑިރެކްޓަރުންގެ ބޯޑަށް ސަރުކާރުގެ އެންމެ ނުފޫޒުގަދަ އެއް ފަރާތް އަދި 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ގެ އަންހެން ދަރިކަލުން މަރިޔަމް ސާޖިދާ އައްޔަންކުރައްވައިފިއެވެ.

Advertisement

ސްޓެލްކޯ އިން ވަނީ އެކްސްގައި ޕޯސްޓެއް ކުރައްވާ ސާޖިދާ ޑިރެކްޓަރުންގެ ބޯޑަށް އައްޔަންކޮށްފައިވާކަން އިއުލާން ކޮށް އޭނާ އަށް މަރުހަބާ ދަންނަވާފައެވެ.

މި ސަރުކާރުގެ ހުރިހާ ސިޔާސީ މަގާމްތަކަށް އައްޔަން ކުރަމުން ގެންދަވަނީ އަދުރޭގެ އާއިލީ މެމްބަރުން ކަން ފާހަގަކޮށްލެވެއެވެ.

އެގޮތުން އެމްޕީއެލްގައި ހުންނަވަނީ އަދުރޭގެ ދަރިކަލުންގެ ބަފައިބެއެވެ. އަދި ރާއްޖޭގެ އެންމެ މުހިންމު އެއް ސިނާޔަތް ކަމަށް ފަތުރުވެރިކަމާ ބެހޭ ވުޒާރާގެ ވަޒީރަކަށް ހުންނަވަނީ އަދުރޭގެ ދަރިކަލުން އިބްރާހިމް ފައިސަލް އެވެ.

އެގޮތުން އެ ނޫންވެސް ސިޔާސީ މަގާމްތަކަށް ވަނީ އަދުރޭގެ އާއިލީ މެމްބަރުން އައްޔަންކޮށްފައެވެ.

ކޮމެންޓު
ކޮމެންޓްތައު
Fathu
Jun 5, 2024, 11:17 PM
Dhen kihaa bodhu kome mi adhuraa yaa hedhi aharu mem ah vazeefa eh nuliba. Meena ge family meehuna vazeefa dheedhee aharun nikamethi dhen thibanvee bill tha ves mudheki ehves bodu kuranee
Raju
Jun 5, 2024, 02:51 AM
އަދުރޭ ގެ ބޭބެ ހެލްތުމިނިސްޓުރީގާ-އެމްޕީއެލްގާ އައިލީ ބާރު މުޅިސަރުކާރުގާ އަދުރޭގެ ނުފޫޒު
އައިރީ
Jun 4, 2024, 11:10 PM
މުއިއްޒު އަކައްނޭނގޭ ވާނުވާ އަދުރޭ މުއިއްޒުއައްދޯކާދޭނެ އަދުރޭގެ ފެމެލީ ހުރިހާ ގެއެއްގެކަރަންޓް ފްރީވީ އަދުރޭ މިހާރު އެދަނީ ސަރުކާރުގަ ވަކިހިއްޕަމުން ރަނގަޅައް ވަކިހިއްޕާލެވުނީމަ މުއިއްޒުއައް ދޯކާދޭނެ މިއީ މާޒީން ފެންނަން އޮތްޙަޤީޤަތެއް
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved