ހުޅުލެ ނެރު ކައިރިން ދެ ލޯންޗެއް ޖެހި ހިނގި ނުރައްކާތެރި ހާދިސާއެއްގައި ހަތް މީހަކަށް އަނިޔާވެއްޖެއެވެ.
މެރިން ޕޮލިސް މައުލޫމާތު ދެއްވާފައިވާ ގޮތުގައި ރޭ 23:00 ހާއިރު ހާދިސާ ހިނގައިގެން އުޅޭ ކަމުގެ ރިޕޯޓް ލިބުމާއިއެކު ފުލުހުން ސީން އަށް އެޓެންޑް ވެފައިވާ ކަމަށެވެ.
މި ހާދިސާގައި އަނިޔާ ލިބުނު ހަތް މީހަކު މިހާރު އައިޖީއެމްއެޗް ގައި ފަރުވާ ދެމުން އަންނަ ކަމަށްވެސް ފުލުހުން ވިދާޅުވިއެވެ.
ފުލުހުންގެ އިންވެސްޓިގޭޝަނުން މައްސަލަ މިހާރު ބަލަމުންދާ ކަމަށާއި މައްސަލަ ތަހުގީގު ކުރެވެމުންދާ ވަރަކުން މައުލޫމާތު ހިއްސާކުރަމުންދާނެ ކަމަށްވެސް އެ އިދާރާއިން ބުނެފައިވެއެވެ.