March 12, 2026
Advertisement
ގޭގެއަށް ޒިޔާރަތްކޮށް މައުލޫމާތުދިނުމުގެ ޕްރޮގްރާމެއް ކޮލަމާފުށީގައި ކުރިއަށް ގެންގޮސްފި
ގޭގެއަށް ޒިޔާރަތްކޮށް މައުލޫމާތުދިނުމުގެ ޕްރޮގްރާމެއް ކޮލަމާފުށީގައި ކުރިއަށް ގެންގޮސްފި / ޕޮލިސް

ގޭގެއަށް ޒިޔާރަތްކޮށް މައުލޫމާތުދިނުމުގެ ޕްރޮގްރާމެއް ކޮލަމާފުށީގައި ކުރިއަށް ގެންގޮސްފި

Aishath Alaina
އައިޝަތު އަލައިނާ
Jun 5, 2024, 08:25 PM
ދިވެހި ފުލުހުންގެ ހިދުމަތް

ކުށްމަދު އަމާން މާހައުލެއް ރަށްރަށުގައި ގާއިމުކޮށް ރައްޔިތުން ހޭލުންތެރިކުރުވުމަށް މައުލޫމާތު ދިނުމަށް ފުލުހުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ގއ. ކޮލަމާފުށި ގޭބިސީތަކަށް ޒިޔާރަތްކޮށް މައުލޫމާތު ދިނުމުގެ ޕްރޮގްރާމެއް ކުރިއަށް ގެންގޮސްފިއެވެ

Advertisement

މި ޕްރޮގްރާމާއި ބެހޭގޮތުން ފުލުހުންގެ ވެބްސައިޓުގައި ބުނެފައި ވަނީ، އަވައްޓެރި ފުލުހުންގެ ފަލްސަފާގެ ދަށުން ކޮލަމާފުށި ޕޮލިސް ސްޓޭޝަނުން މި މަހު 4 ވަނަ ދުވަހު ކުރިއަށް ގެންދިޔަ އެ ޕްރޮގްރާމްގައި، ވައްކަމާއި މަކަރާއި ހީލަތުން ފައިސާ ހޯދުމަށް މުއައްސަސާތަކުގެ ނަމުގައި ގުޅައިގެންނާއި މީސްމީޑިއާ މެދުވެރިކޮށް ފައިސާ ހޯދުމަށް ބޭނުންކުރާ އުކުޅުތަކާއި އެފަދަ ކަންކަމުން ސަލާމަތްވުމަށް ކުރެވިދާނެ ކަންކަމާ ގުޅޭގޮތުން މައުލޫމާތުދީފައިވެއެވެ.

މީގެއިތުރުން، މީސްމީޑިއާ އަދި އީމެއިލް އައިޑީ ބޭނުން ކޮށްގެން ފޯނަށް އަންނަ މެސެޖު އެހެން މީހުންނަށް ހިއްސާނުކުރުމަށް މި ޕްރޮގްރާމުގައި ނަސޭހަތްތެރިވެފައިވާއިރު، މި ޕްރޮގްރާމްގެ ތެރެއިން، ކޮލަމާފުށީގެ ގޭބިސީތަކުގެ އިތުރުން މީހުން ގިނައިން އެއްވާ ސަރަހައްދުތަކަށް ޒިޔާރަތްކޮށްވެސް ފުލުހުން ވަނީ މައުލޫމާތު ހިއްސާކޮށްފައިއެވެ.

މަކަރާއި ހީލަތުގެ މައްސަލަތަކުން ރައްޔިތުން ރައްކާތެރިކުރުމަށް މައުލޫމާތު ދިނުމުގެ ޕްރޮގްރާމްތައް ފުލުހުން އަންނަނީ ހިންގަމުންނެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved