March 11, 2026
Advertisement
އއ. ތޮއްޑޫ
އއ. ތޮއްޑޫ / ރައީސް އޮފިސް

ތޮއްޑޫގައި ހަމަނުޖެހުން ބޮޑުވެ ފުލުހަކަށް އަނިޔާވެއްޖެ

Mariyam Isaadha
މަރިޔަމް އިސާދާ
Jun 5, 2024, 09:47 PM
މާލެ ސިޓީ

ތޮއްޑޫގެ ގޮއި ބިން ދުނުކޮށް ގިނަ ދުވަސްވަމުންދާތީ އެ ރަށުގެ ދަނޑުވެރިން ހިތް ހަމަ ނުޖެހިގެން ކުރަމުންދާ އިހުތިޖާޖު މިއަދު ހަމަނުޖެހުން ބޮޑުވެ ފުލުހަކަށް އަނިޔާވެއްޖެއެވެ.

Advertisement

ތޮއްޑޫގެ ގޮއިބިން ހިމެނޭ ސަރަހައްދުން ދަނޑުވެރިކަން ކުރަން ދިން މުއްދަތު ހަމަވެ 3 މަސްވެގެން ދިޔައިރު ވެސް ކައުންސިލުން ބިންތައް ދޫކޮށްފައި ނުވާތީ އެ ރަށުގެ ދަނޑުވެރިން މީގެ ދެ ދުވަސް ކުރިން ފެށިގެން ގެންދަނީ އިހުތިޖާޖު ކުރަމުންނެވެ.

އެގޮތުން މިއަދުވެސް މެންދުރު ރަށު ކައުންސިލް އިދާރާ ކުރިމަތީ ރައްޔިތުން ނުކުމެ ކުރަމުން ދިޔަ އިހުތިޖާޖުގައި ކައުންސިލް އިދާރާގެ އިމާރާތުގެ ފުރާޅަށް ގައު އުކާ ރަށުގެ މަސްލަހަތު ނަގާލަން އުޅެފައިވާ ކަމަށް ފުލުހުމް ބުނެފައިވެއެވެ. އަދި އެ ހަމަނުޖެހުން ކޮންޓްރޯލުކުރުމަށް މަސައްކަތްކުރުމަށް ދިޔަ ފުލުހަކަށް އަނިޔާވެ މިހާރު ހޮސްޕިޓަލުގައި ފަރުވާ ދެމުން ދާ ކަމަށް ވެސް ފުލުހުން ވަނީ ބުނެފައެވެ.

ދަނޑުވެރިން ތުހުމަތުކުރާ ގޮތުން އެ ދަނޑުބިންތައް ދޫނުކޮށް ލަސްވެގެން ދަނީ ކައުންސިލް ރައީސްގެ އަމިއްލަ ޕްލޭނެއް އޮތުމުންނެވެ. ގޮއި ބިމަކީ ތޮއްޑޫގެ ތިންބައިކުޅަ އެއްބައި ކަމަށް ދަނޑުވެރިން ބުނެއެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved