May 26, 2026
Advertisement
-
-

ދިވެހި އެއް ހައްޖުވެރިއަކު ފިޔަވައި ބާކީ އެންމެން އަރަފާތު ބިމުގައި

Aiminath Sarah
އައިމިނަތް ސާރާ
May 26, 2026, 11:30 AM
މާލެ ސިޓީ

މިއަހަރު ރާއްޖެއިން ޙައްޖުގެ މަތިވެރި އަޅުކަން އަދާކުރުމަށް ދިޔަ 1،000 ހާޖީންގެ ތެރެއިން، ބަލިވެގެން ފަރުވާދެމުންދާ އެކަކު ފިޔަވައި ހުރިހާ ހާޖީން އަރަފާތު ބިމަށް ވަދެފައިވާ ކަމަށް އިސްލާމިކް މިނިސްޓްރީން ހާމަކޮށްފިއެވެ.

Advertisement

އިސްލާމިކް މިނިސްޓަރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވީ، މިވަގުތު އަރަފާތަށް ނުދެވި އޮތީ މިނާގެ ހޮސްޕިޓަލެއްގައި އެޑްމިޓްކޮށްގެން ފަރުވާދެމުންދާ އެންމެ ހާޖީއެއް ކަމަށެވެ. ނަމަވެސް، އިރާދަކުރެއްވިއްޔާ އެ ހާޖީވެސް ވަގުތު ފާއިތުވުމުގެ ކުރިން އަރަފާތަށް ގެންދިއުމުގެ މަސައްކަތް ޙައްޖު ކޯޕަރޭޝަންގެ އެހީތެރިން ކުރަމުންދާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

ޙައްޖުގެ އެންމެ މުހިންމު ރުކުނަކީ އަރަފާތު ބިމުގައި މަޑުކުރުން ކަމަށްވާއިރު، މިއަދު މެންދުރު ފަހުން ފެށިގެން އިރުއޮއްސުމާ ހަމައަށް ހުރިހާ ޙައްޖުވެރިން އެ ބިމުގައި ދުޢާ އާއި ޛިކުރުގައި މަޑުކުރާނެއެވެ. އިރުއޮއްސުމުގެ ކުރިން އަރަފާތު ބިމަށް ނުވަދެވޭ މީހަކަށް ޙައްޖުގެ އަޅުކަން ފުރިހަމައެއް ނުވާނެއެވެ.

އަރަފާތުގައި މަޑުކުރުމަށްފަހު، އިރުއޮއްސުމާއެކު ހާޖީން ދެން ދަތުރުކުރާނީ މުޒްދަލިފާއަށެވެ. މިރޭ މުޒްދަލިފާގައި ރޭކުރުމަށްފަހު، މާދަމާގެ ފަތިސް ނަމާދަށްފަހު ހާޖީން އަލުން އެނބުރި މިނާއަށް ވަންނާނެއެވެ. ޙައްޖުގެ ބާކީ ހުރި ކަންކަން ފުރިހަމަކުރުމަށްޓަކައި ކުރިއަށް އޮތް ތިން ދުވަހު ހާޖީން މިނާގައި މަޑުކުރާނެއެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved