އެމެރިކާ އަދި އިޒްރޭލަކަށްވެސް ފަލަސްތީނުގެ ދިފާޢުގައި ދިވެހިރާއްޖެ އިން ކުރަމުންދާ މަސައްކަތްތައް ނުހުއްޓުވޭނެ ކަމަށް ދޭހަވަ ފަދައިން ކުރީގެ ހޯމް މިނިސްޓަރ އުމަރު ނަސީރު ވިދާޅުވެއްޖެއެވެ.
އެކްސްގައި އުމަރު ކޮށްފައިވާ ޕޯސްޓެއްގައި ބުނެފައިވަނީ އެމެރިކާ އަދި ދިވެހިރާއްޖޭގެ ގުޅުމަކީ ދެކޮޅަށްވެސް ފައިދާވާ ގޮތަށް އޮންނަ ގުޅުމެއް ކަމުގައެވެ.
ދިވެހިރާއްޖެއިން ސަލާމަތީ ކަންކަމުގައި އެހީތެރިކަން ފޯރުކޮށްދޭއިރު، ދިވެހިރާއްޖޭގެ ސަލާމަތީ މުއައްސަސާތައް ވަރުގަދަ ކުރުމަށް އެމެރިކާއިން އެހީތެރިވެދޭ ކަމަށެވެ. އެހެންކަމުން ވަކި ގައުމަކުން ގުޅުން ކަނޑާލިއަސް ގެއްލުން ލިބޭނީ ދެ ގައުމަށްކަމަށްވެސް އުމަރު ވަނީ ފާހަގަކޮށްފައެވެ.
މީގެ އިތުރުން، އިޒްރޭލުން ހިންގަމުންދާ ގަތުލްއާންމު ހުއްޓާލުމަށާއި، އިޒްރޭލުގެ ޕާސްޕޯޓް މިހާރުން މިހާރަށް މަނާކުރުމަށް އުމަރުވަނީ ސަރުކާރަށް ގޮވާލައްވާފައެވެ.
ސަރުކާރުން ބާރުގައި އޮވެމެ އަޑު ނުއުފުލާ ވަރަށް ދިވެހި ރައްޔިތުންނާއި އިދިކޮޅުންދަނީ މި މައްސަލައިގައި މުޅި ދުނިޔެއަށް ނަމޫނާ ދައްކަމުން ކަމަށް ބޭރު ދުނިޔޭގެ ފަރާތްތަކުން ދަނީ ބުނަމުންނެވެ.
Maldives-US relationship is a two-way street. We help US in security matters while US help us strengthe our security institutions. Israel lobby cannot stop us. We Stand with Palestine. STOP the genocide. Ban Israel PP. @RepJoshG
— Umar Naseer (@UmarNaseerMV) June 5, 2024