March 11, 2026
Advertisement
ފަލަސްތީނުގެ ހައްގުގައި ސައިކަލު ރެލީ އެއް ބޭއްވުމަށް އާންމު ކުރި ޕޯސްޓާރ
ފަލަސްތީނުގެ ހައްގުގައި ސައިކަލު ރެލީ އެއް ބޭއްވުމަށް އާންމު ކުރި ޕޯސްޓާރ / ސޯޝަލް މީޑިއާ

ފަލަސްތީނުގެ ހައްގުގައި ސައިކަލު ރެލީ އެއް ބާއްވަނީ

Aminath Zara
އައިމިނަތު ޒާރާ
Jun 6, 2024, 12:09 AM
މާލެ ސިޓީ

ފަލަސްތީނުގެ ހައްގުގައި އެއްބައިވަންތަކަމުގެ ސައިކަލު ބުރެއް އަންނަ ހުކުރު ދުވަހު ބާއްވަން އިސްރާ އެސޯސިއޭޝަނުން ނިންމައިފިއެވެ.

Advertisement

މި ރެލީ ބާއްވަން ހަމަޖެހިފައިވަނީ ހުޅުމާލެ ސެންޓްރަލް ޕާކް ސަރަހައްދުން ކަމަށް އެ ޖަމިއްޔާއިން ވަނީ ބުނެފައެވެ. ހުކުރު ދުވަހުގެ ހަވީރު 4:00 ގައި ސައިކަލު ބުރު ފަށަން ހަމަޖެހިފައިވާއިރު، މި ރެލީގައި ވީހާވެސް ގިނަ ފަރާތްތަކުން ބައިވެރިވުމަށް އެ ޖަމިއްޔާއިން ވަނީ އެދެފައެވެ.

މިދިޔަ ހުކުރު ދުވަހުވެސް "ރަފާޙް އަނދަނީ" ނަމުގައި މި ޖަމިއްޔާއިން ވަނީ ހަރަކާތެއް ކުރިއަށް ގެންގޮސްފައެވެ. ގާތްގަނޑަކަށް 400 އެއްހާ މީހުން ބައިވެރި އެއްވުމަށް ބޮޑު ތަރުހީބެއް ވަނީ ލިބިފައެވެ.

ސަރުކާރުން ފަލަސްތީނުގެ ހައްގުގައި މަސައްކަތް ނުކުރާ ވަރަށް އާންމުންދަނީ ފަލަސްތީނުގެ ދިފާއުގައި ދުނިޔޭގެ ލެވެލްގައި އަޑު އުފުލަމުންނެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved