March 19, 2026
Advertisement
ސްޓެލްކޯ އެމްޑީ ފަހުމީ
ސްޓެލްކޯ އެމްޑީ ފަހުމީ / އެޑިޝަން.އެމްވީ

ސްޓެލްކޯ އިން ފަހުމީއާ ގާތް ގިނަ ބަޔަކަށް އެއްފަހަރާ ޕްރޯމަޝަން ދީފި

Aishath Naja
އައިޝަތު ނަޖާ
Jun 6, 2024, 01:47 AM
މާލެ ސިޓީ

ސަރުކާރުގެ ކަރަންޓް ކުންފުނި "ސްޓެލްކޯ" އިން އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓާރ ހުސެއިން ފަހުމީ އާއި ގާތް ގިނަ ބަޔަކަށް އެއްފަހަރާ ޕްރޮމޯޝަން ދީފިއެވެ.

Advertisement

ތޭރަ އޮންލައިން އަށް މައުލޫމާތު ލިބުނު ގޮތުގައި ފަހުމީ މެގަ ޕްރޮމޯޝަން ދީފައިވަނީ ބިލިންގ ޑިޕާޓްމަންޓަށެވެ.

އެއީ އޭނާ ކުރިން މަސައްކަތް ކޮށްފައިވާ ޑިޕާޓްމަންޓްކަން ވެސް ފާހަގަކޮށްލެވެއެވެ.

ފަހުމީ ޕްރޮމޯޝަން ދިން ފަރާތްތަކުގެ ތެރޭގައި ގިނައީ އޭނާ އާއި އާއިލީ ގުޅުން އޮންނަ ފަރާތްތަކާއި ގާތް ފަރާތްތަކެވެ.

މި ސަރުކާރު އައި ފަހުން ސްޓެލްކޯ އިން ދަނީ ބޮޑެތި ޖަރީމާތަކެއް ހިންގަމުންނެވެ. އެގޮތުން ކަރަންޓް ބިލުން ވައްކަން ކުރަމުން ގެންދާކަމުގެ ތުހުމަތުކޮށް އާންމުން ވަނީ ސްޓެލްކޯ ކުރިމަތީ އިހުތިޖާޖް ވެސް ކޮށްފައެވެ.

އަދި ދާދި ފަހުން ސްޓެލްކޯ ގެ ބޯޑް މެމްބަރު ކަމަށް ވަނީ މި ސަރުކާރުގެ ހާއްސަ މުޝީރު އަދި މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ގެ އަންހެން ދަރިކަލުން އައްޔަން ކުރައްވާފައެވެ.

ސަރުކާރުގެ ކަރަންޓް ކުންފުނި "ސްޓެލްކޯ" އިން ހިންގަމުންދާ ބޮޑެތި ޖަރީމާތަކުގެ ވާހަކަ ސޯޝަލް މީޑިޔާގައި އެކި އެކި ފަރާތްތަކުން އަންނަނީ ދައްކަމުންނެވެ.

އަދި އެ ކުންފުނީގެ އެމްޑީ ފަހުމީ އަށް ވެސް ގިނަ ބައެއްގެ ނުރުހުން ވަނީ އަމާޒުވެފައެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved