March 20, 2026
Advertisement
ރުހުން ދީފައިނުވާ ތިން ވަޒީރުން
ރުހުން ދީފައިނުވާ ތިން ވަޒީރުން / ތޭރަގްރެފިކްސް

3 ވަޒީރުންނަށް ރުހުން ދޭން ކޮމިޓީން ފާސްކޮށްފި

Aishath Naja
އައިޝަތު ނަޖާ
Jun 6, 2024, 02:59 AM
މާލެ ސިޓީ

19 ވަނަ މަޖިލީހުން ރުހުން ނުދޭން ފާސްކުރި ތިން ވަޒީރުންނަށް ރުހުން ދޭން 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ ކަމާގުޅޭ ކޮމިޓީން ފާސްކޮށްފިއެވެ.

Advertisement

އެ ތިން މިނިސްޓަރުންނަކީ އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދާއި އެޓާރނީ ޖެނަރަލް އަހުމަދު އުޝާމް އަދި ހައުސިން މިނިސްޓަރު ޑރ. އަލީ ހައިދަރެވެ.

ނިމިދިޔަ މަޖިލީހުން ރުހުން ނުދިން ނަމަވެސް ރައީސް ޑރ މުއިއްޒު ވަނީ އެ ތިން ބޭފުޅުން އަލުން އެ މަގާމުތަކަށް އައްޔަން ކުރައްވާފައެވެ.

އަދި ރުހުން ހޯދުމަށް އަލުން އެ ތިން ވަޒީރުންގެ ނަންތައް މަޖިލީހަށް ފޮނުވިއެވެ.

ނިމިދިޔަ މަޖިލިސް ދައުރަށް އެ މައްސަލަ ފޮނުވާފައި ވީ ނަމަވެސް މައްސަލަ އެޖެންޑާކޮށް، ސަރުކާރު މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީއަށް ފޮނުވާފައިވަނީ އައު ދައުރުގައި މި ހަފްތާގެ ތެރޭގައިކަން ފާހަގަކޮށްލެވެއެވެ.

ބުދަ ދުވަހުގެ ރޭ ކުރިއަށް ދިޔަ ސަރުކާރު މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީން ތިން ވަޒީރުންގެ ވެސް ވަޒީރު ކަމުގެ ޝަރުތު ހަމަވާ ކަމަށާއި މައްސަލައެއް ނެތް ކަމަށް ބަލައި ރުހުން ދޭން ފާސްކޮށްފައިވަނީ ހާޒިރުވެ ތިއްބެވި ނުވަ މެމްބަރުންގެ ތެރެއިން ހަތް މެންބަރުންގެ ވޯޓުންނެވެ.

ދެކޮޅަށް އިދިކޮޅުގެ އެއް މެމްބަރަކު ވޯޓު ދެއްވާފައިވާކަން ވަނީ ހާމަވެފައެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved