March 10, 2026
Advertisement
ޒަކާތް ބަލައިގަންނަނީ
ޒަކާތް ބަލައިގަންނަނީ / ރާއްޖެއެމްވީ

ޒަކާތު ފަންޑުން މިދިޔަ މަހު ބޭސްފަރުވާއަށް 1.6 މިލިއަން ރުފިޔާގެ އެހީ ދީފި

Aishath Naja
އައިޝަތު ނަޖާ
Jun 6, 2024, 08:28 PM
މާލެ ސިޓީ

ޒަކާތު ހައުސް އިން މިދިޔަ މަހު ބޭސްފަރުވާގެ އެހީގެ ގޮތުގައި 1،632،265 (އެއް މިލިއަން ހަ ލައްކަ ތިރީސް ދެ ހާސް ދުއިސައްތަ ފަސްދޮޅަސް ފަސް) ރުފިޔާ ދޫކޮށްފިއެވެ.

Advertisement

މިކަން ހާމަވެފައިވަނި ޒަކާތު ހައުސް އިން ނެރުނު ތަފާސް ހިސާބުތަކުންނެވެ.

އެގޮތުން ފަގީރުންނާއި މިސްކީނުންނަށް އެންމެ ބޮޑު އެހީއެއް ދިނީ ކެންސަރުގެ ފަރުވާއަށެވެ.

ކެންސަރުގެ ފަރުވާ އަށް 454،574.50 (ހަތަރު ލައްކަ ފަންސާސް ހަތަރު ހާސް ފަސް ސަތޭކަ ހަތްދިހަ ހަތަރެއް ޕޮއިންޓް ފަހެއް ސުމެއް) ރުފިޔާގެ އެހީ ވަނީ ދީފައެވެ.

އަދި ކިޑްނީ ބަލިތަކަށް 89،050.50 (އަށްޑިހަ ނުވާ ހާސް ފަންސާސް) ރުފިޔާ އާއި ސިކުނޑީގެ އޮޕަރޭޝަނަށް 72،088.50 (ހަތްދިހަ ދެހާސް އަށްޑިހަ އަށްހާސް) ރުފިޔާގެ އެހީ ވަނީ ދީފައެވެ.

ހިތުގެ އޮޕަރޭޝަނަށް 67،848 (ފަސްދޮޅަސް ހަތްހާސް އަށް ސަތޭކަ ސާޅީސް އަށް) ރުފިޔާ އާއި އެހެނިހެން ބަލިތަކަށް 619،113 (ހަ ލައްކަ ނަވާރަ ހާސް ސަތޭކަ ތޭރަ) ރުފިޔާ ދޫކޮށްފައިވާ ކަން ތަފާސްހިސާބުތަކުން ދައްކައެވެ.

އެހީގެ ގޮތުގައި ހަމަޖެހިފައިވާ ޖުމްލަ އަދަދަކީ 1،213،624 (އެއް މިލިއަން ދެ ލައްކަ ތޭރަ ހާސް ހަ ސަތޭކަ ސައުވީސް) ރުފިޔާ ކަމަށާއި އެހީގެ ގޮތުގައި ޖުމްލަ 1،632،265 (އެއް މިލިއަން ހަ ސަތޭކަ ތިރީސް ދެ) ރުފިޔާ ހަރަދުކޮށްފައިވާ ކަމަށް ޒަކާތް ހައުސްއިން ވަނީ ބުނެފައެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved