March 10, 2026
Advertisement
ޒަކާތު ހައުސްގެ ބައްދަލުމުގެ ތެރެއިން
ޒަކާތު ހައުސްގެ ބައްދަލުމުގެ ތެރެއިން / ސޯޝަލް މީޑިއާ

މިދިޔަ މަހުވެސް ބޭސް ފަރުވާއަށް ޒަކާތު ފަންޑުން 9 ލައްކައެއްހާ ރުފިޔާގެ އެހީ!

Aishath Naja
އައިޝަތު ނަޖާ
Jul 10, 2024, 11:25 PM
މާލެ ސިޓީ

މިދިޔަ މަހުވެސް ބޭސް ފަރުވާއަށް ޒަކާތު ފަންޑުން 9 ލައްކައެއްހާ ރުފިޔާގެ އެހީ ދީފިއެވެ.

Advertisement

މޯލްޑިވްސް ޒަކާތު ހައުސްއިން އާންމުކުރި ތަފާސް ހިސާބުތަކުން ދައްކާ ގޮތުން މިދިޔަ މަހު ވަނީ 107 މީހެއްގެ ބޭސް ފަރުވާއަށް ފައިސާ ދޫކޮށްފައެވެ.

އެގޮތުން ޖުމްލަ 870،957.53 ރުފިޔާ ވަނީ ޒަކާތު ފަންޑުން ބޭސްފަރުވާއަށް ދޫކޮށްފައެވެ.

ތަފާސް ހިސާބުތަކުން ދައްކާ ގޮތުން މިދިޔަ މަހު އެންމެ ގިނަ ފައިސާ ބޭސްފަރުވާގެ އެހީގެ ގޮތުގައި ދޫކޮށްފައި ވަނީ ކެންސަރުގެ ފަރުވާއަށެވެ.

އެއީ 262،911 ރުފިޔާ އެވެ. ދެވަނައަަށް އެންމެ ބޮޑު އެހީއެއް ދީފައި ވަނީ ސިކުނޑީގެ އޮޕަރޭޝަންތަކަށެވެ.

އެއީ 124،880 ރުފިޔާއެވެ. އެއަށް ފަހު ތިން ވަނައަށް އެންމެ ގިނައިން ފައިސާ ދޫކުރީ ކިޑްނީ ބަލިތަކަަށެވެ. އެއީ 97،531 ރުފިޔާގެ އެވެ.

އޭގެ އިތުރުން ހިތުގެ އޮޕަރޭޝަނަށް 36،164 ރުފިޔާ އާއި އެހެނިހެން ބަލިތަކަށް 322،327 ރުފިޔާ ދޫކޮށްފައި ވެއެވެ.

މިދިޔަ މޭ މަހު ބޭސް ފަރުވާއަށް އެހީގެ ގޮތުގައި ޒަކާތު ފަންޑުން 1.3 މިލިއަން ރުފިޔާ ދޫކޮށްފައި ވެއެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved