March 11, 2026
Advertisement
ކޮމިޝަނަރ އޮފް ޕޮލިސް ވާހަކަ ދައްކަވަނީ
ކޮމިޝަނަރ އޮފް ޕޮލިސް ވާހަކަ ދައްކަވަނީ / ޕޮލިސް

ގޭންގްތަކުގެ މައްސަލަ ބަލަން ވަކި ޑިޕާޓްމަންޓެއް ހަދަނީ

Aminath Zara
އައިމިނަތު ޒާރާ
Jun 7, 2024, 12:06 AM
މާލެ ސިޓީ

ރާއްޖޭގައި ހަރަކާތްތެރިވަމުން އަންނަ ޚާއްސަކޮށް ގްރޭޓަރ މާލެ އޭރިއާގައި ހަރަކާތްތެރިވާ ގޭންގް ފަރާތްތަކަކީ މި ސަރުކާރު ހޮވުމަށް ފަރުދާގެ ނިވަލުގައި އެންމެ ގަދަޔަށް މަސައްކަތް ކުރި އެއް ބައިކަން ފާހަގަކުރެވިފައިވެއެވެ. ހަމަހަމަކަމާއި އިންސާފު ގާއިމުކުރުމަށް ހުވާ ކުރައްވާ ރައީސުލްޖުމްހޫރިއްޔާ ޑރ މުއިއްޒު އޭރު ދެއްކި އެއްވެސް ވާހަކައަކާއި މިހާރު އަމަލުކުރައްވަމުން ގެންދަވާ ގޮތް ދިމާނުވެއެވެ.

Advertisement

ގޭންގް ތަކުގެ މައްސަލަ ބެލުމަށް ވަކިން ޑިޕާޓްމަންޓް އެއް އުފެއްދުމުގެ މަގްސަދަކީ މި ފަރާތްތަކުން ކުރިއަށް ގެންދާ ހަރަކާތްތައް ސިއްރުކޮށް، އެމީހުންގެ ދިފާއުގައި މަސައްކަތްކުރުން ކަމަށް އިދިކޮޅުން ދަނީ ތުހުމަތު ކުރަމުންމެވެ. މި ސަތުކާރުގެ ނައިބު ރައީސަކީވެސް ގޭންގް ތަކުގައި މަޝްހޫރު ބޭފުޅެއްގެ ގޮތުގައި ފާހަގަކުރެވިފައިވާ ފަރާތަކަށްވާއިރު، މި މީހުންގެ މައްސަލައެއް މި ސަރުކާރުގައި ބެލޭނެ ކަމާއި މެދު ޝައްކެވެ.

ރާއްޖޭގައި ސުލްޙަ މަސަލަސްކަން ޤާއިމުކުރުމަށް ފުލުހުން ގިނަ މަސައްކަތްތަކެއް ކުރައްވަމުން ގެންދަވާއިރު، މިއީ އެ ބޭފުޅުންގެ މަސައްކަތްތަކަށް ކުރިމަތި ކުރިވި އިތުރު ގޮންޖެހުމެއްކަން ގައިމެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved