May 3, 2026
Advertisement
މާލެ ސިޓީ މޭޔަރު އާދަމް އާޒިމް
މާލެ ސިޓީ މޭޔަރު އާދަމް އާޒިމް / މާލެ ސިޓީ ކައުންސިލް

މާލެ ރައްޔިތުންނަށް ގޯތި ނުދީ ލަސްކުރަނީ ގަސްތުގައި: މޭޔަރު އާޒިމް

Aminath Zara
އައިމިނަތު ޒާރާ
Jun 6, 2024, 10:32 PM
މާލެ ސިޓީ

މާލޭގެ ރައްޔިތުންނަށް ގޯތި ދިނުމުގެ މަސައްކަތް ސަރުކާރުން އަވަސް ކުރަން މަސައްކަތް ކުރައްވާތަނެއް ފެނިވަޑައިނުގަންނަވާ ކަމަށް މާލެ ސިޓީގެ މޭޔަރު އާދަމް އާޒިމް ވިދާޅުވެއްޖެއެވެ.

Advertisement

މޭޔަރ އާޒިމް މިހެން ވިދާޅުވެފައިވަނީ ރާއްޖެ ޓީވީގެ ޕްރޮގްރާމެއްގައި ވާހަކަ ދައްކަވަމުންނެވެ.

ކޮންމެ މީހަކީ ބިން ގަނެވޭނެ މީހެއް ނޫން ކަމުން ސަރުކާރުން އެކަން ފަހިކޮށްދޭން މަސައްކަތް ކޮށްދޭންޖެހޭނެ ކަމަށް އާޒިމް ވަނީ ވިދާޅުވެފައެވެ.

މީގެ އިތުރުން މާލޭގެ ރައްޔިތުންނަށް ގޯތި ދިނުމަކީ ކުރީ ސަރުކާރުގެ ސިޔާސަތަކަށް ވާތީ މިހާރުގެ ސަރުކާރުން އެކަން ކުރަން ބޭނުން ނުވަނީ ކަމަށް އާޒިމް ފާހަގަކޮށްފައިވެއެވެ.

އާޒިމް މިހެން ވިދަޅުވެފައިވާއިރު، ރައީސް މުއިއްޒުގެ ކޮއްކޯފުޅު އަދި ފ.ނިލަންދޫ ދާއިރާގެ މެންބަރު ސައުދާ ވަނީ މާލޭގެ ރައްޔިތުންނަށް ގޯތި ދޭން ނުޖެހޭން ކަމަށް ބުނެ ވާހަކަދައްކާފައެވެ.

ރައްޔިތުން ތަމްސީލު ކުރަން ހޮވާފައިވާ ތިބޭ ފަރާތްތަކުން ރައްޔިތުންނާއި ދެކޮޅަށް މިފަދައިން ވާހަކަދެއްކުމަކީ އެއްވެސް ގޮތަކަށް ދިވެހިންނަށް ބަލައިގަނެވޭނެ ކަމެއް ނޫންކަން ޔަގީނެވެ.

އެ ބަޔެއްގެ ދާއިރާ ނޫންކަމުގައި ވިޔަސް ސަރުކާރުން ވެސް އަދި މަޖިލިސް މެންބަރުންވެސް މަސައްކަތް ކުރަންވާނީ ދިވެހި ހުރިހާ ރައްޔިތުންގެ ލާބައާއި މަންފާއަށް ކަމުގައި ވާންވާނެއެވެ.

އަމިއްލަ ފައިދާތަކާއި ސިޔާސީ ގޮތުން ފައިދާ ހޯދުމަށްވުރެ ގައުމު އިސްކުރަން މާތް ﷲ ގަންދީ ހުވާ ކުރައްވައިގެން ތިއްބެވި މިފަދަ މެންބަރުންގެ އިޚްލާސްތެރިކަމާއި މެދު ގިނަ ބަޔެއްގެ ހިތުގައި ދަނީ ސުވާލު އުފެދެމުންނެވެ.

ހަމަގައިމުވެސް ދިވެހީންގެ ރާއްޖޭގައި ދިވެހިންނަށް ކަންތައްތައް ކުރަން މި ސަރުކާރުން ދައްކަމުން ދިޔަ ވާހަކަތައް ވީބޭކާރެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved