March 11, 2026
Advertisement
މަޖިލީހުގެ ޗީފް އޮފް ބިއުރޯގެ މަގާމަށް ނިހާން
މަޖިލީހުގެ ޗީފް އޮފް ބިއުރޯގެ މަގާމަށް ނިހާން / ސޯޝަލް މީޑިއާ

މަޖިލީހުގެ ޗީފް އޮފް ބިއުރޯގެ މަގާމަށް ނިހާން!

Aminath Zara
އައިމިނަތު ޒާރާ
Jun 6, 2024, 11:39 PM
މާލެ ސިޓީ

ރައްޔިތުންގެ މަޖިލީހުގެ ޗީފް އޮފް ބިއުރޯގެ މަގާމަށް, ޕީޕީއެމްގެ ޕާލަމެންޓްރީ ގުރޫޕުގެ ލީޑަރުކަން ކުރިން ކުރެއްވި އަޙްމަދު ނިހާން އައްޔަން ކުރައްވައިފިއެވެ.

Advertisement

ރައްޔިތުންގެ މަޖިލީހުގެ އިދާރާ އިން ހާމަކޮށްފައިވަނީ އެ އިދާރާގެ ބިއުރޯ ޗީފަކަށް ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެންބަރު އަހުމަދު ނިހާން ހުސައިން މަނިކު ރައްޔިތުންގެ މަޖިލީހުގެ ރައީސް ޢަބްދުއްރަޙީމް ޢަބްދުالله ވަނީ އައްޔަނުކުރައްވާފައިވާ ކަމަށެވެ.

ނިހާން އައްޔަނުކުރައްވާފައިވަނީ ޕާލަމެންޓަރީ ސަރވިސް ގަވާއިދުގެ ދަށުން މަޖިލީހުގެ ރައީސްގެ މަސައްކަތްޕުޅަށް އެހީތެރިވުމުގެ ގޮތުން ކަމަށްވެސް އެ އިދާރާއިން ހާމަކޮށްފައިވެއެވެ. އަދި އިއްޔެއިން ފެށިގެން ނިހާން ވަޒީފާއަށް ނުކުންނަން ފަށާފައިވާ ކަމަށްވެއެވެ.

ނިހާން ވަނީ ދެ ދައުރެއްގައި ވިލިމާލެ ދާއިރާގެ މެންބަރުކަން ކުރައްވައިފައެވެ. ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ޕީޕީއެމްގެ ޕާލަމެންޓްރީ ގުރޫޕުގެ ލީޑަރަކަށް ހުންނެވީ ނިހާނެވެ. ފަހުން 19 ވަނަ މަޖިލީހަށް ނިހާން ވާދަ ކުރެއްވީ އޭނާގެ އުފަންރަށް ގދ. ތިނަދޫގެ ދާއިރާއަކަށެވެ. އެ އިންތިޚާބުން އޭނާއަށްވީ ނާކާމިޔާބީއެވެ. ރައްޔިތުންގެ މަޖިލީހަށް އިންތިޚާބު ނުވުމާއެކު ދެން ނިހާން ފެނިގެން ދިޔައީ ޖުމްހޫރީ ޕާޓީއާ ގުޅިވަޑައިގެން އެ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމާ ވަރަށް އަރިސްކޮށް މަސައްކަތް ކުރެއްވިތަނެވެ.

ޕީޕީއެމްގައި ރައީސް ޔާމީންގެ ލީޑަރޝިޕްގައި މަސައްކަތްކުރެއްވުމަށްފަހު އެމަނިކުފާނު ނުހައްގުން ޖަލަށް ލުމާއިއެކު މިހާރުގެ ރައީސްއަށް ތާއީދުކޮށް ވަނީ ކުރިއަށް އޮތް 5 އަހަރަށް މަގާމު ކަށަވަރުކުރައްވާފައެވެ.

ނިހާންގެ ކުރިން ބިއުރޯ ޗީފަކަށް ހުންނެވީ ކުރީގެ ރައީސް އިބްރާހިމު މުހައްމަދު ސޯލިހުގެ ކޮއްކޮ، ފާތިމަތު މުޙައްމަދު ސޯލިހްއެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved