March 11, 2026
Advertisement
އައިއޭސީއިން ފެން ފޯރުކޮށްދެނީ
އައިއޭސީއިން ފެން ފޯރުކޮށްދެނީ / އައިއޭސީ

އައިއޭސީއިން ޣައްޒާއަށް ދުވާލަކު 12 ހާސް ލީޓަރުގެ ފެން ފޯރުކޮށްދެނީ!

Aishath Naja
އައިޝަތު ނަޖާ
Jun 7, 2024, 08:27 PM
މާލެ ސިޓީ

އިންޓަނޭޝަނަލް އެއިޑް ކެމްޕެއިން (އައިއޭސީ) އިން ޣައްޒާއަށް ދުވާލަކު 12 ހާސް ލީޓަރުގެ ފެން ފޯރުކޮށްދެމުން ގެންދާކަމަށް ބުނެފިއެވެ.

Advertisement

އެ ޖަމްޢިއްޔާއިން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނެފައިވަނީ ޣައްޒާގެ އަވަށެއް ކަމަށްވާ ދައިރް-އަލް-ބަލަޙްގައި، މިދިޔަ މެއި މަހުގެ 30 ވަނަ ދުވަހުން ފެށިގެން ކޮންމެ ދުވަހަކުވެސް، ދުވާލަކު 12 ހާސް ލީޓަރުގެ ފެން ފޯރުކޮށްދެމުން ދާކަމަށެވެ.

އައިއޭސީއިން ބުނިގޮތުގައި ގެދޮރު ގެއްލުމުގެ ސަބަބުން ޣައްޒާގެ އެކި ސަރަހައްދުތަކުން ހިޖުރަކޮށްފައިވާ އެތަށް ބަޔަކު ދައިރް އަލް ބަލަޙް ގައި ދިރިއުޅެއެވެ.

އޭގެ ތެރެއިން ބައެއް މީހުންނަކީ އެކި ތަންތަނުން 9 ފަހަރަށްވުރެ ގިނަ ފަހަރު ހިޖުރަކޮށްފައި ތިބި މީހުންކަމަށާއި ގިނަ ބަޔަކު އެ އަވަށަށް ހިޖުރަކުރުމުގެ ސަބަބުން މުޅި އަވަށް ތޮށް ޖެހިފައިވާއިރު، އެ އަވަށަކީ ފެނުގެ ދަތިކަން ވަރަށް ބޮޑަށް ތަޙައްމަލު ކުރަމުންދާ ހިސާބެއްކަން އައިއޭސީއިން ވަނީ ބުނެފައެވެ.

އައިއޭސީން އަންނަނީ ފަލަސްތީނުގެ ރައްޔިތުންނަށް އެކި އެކި ގޮތްގޮތުން އެހީ ފޯރުކޮށްދެމުންނެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved