April 9, 2026
Advertisement
ރައީސް މުއިއްޒު އަދި ސައުދު އިބްރާހިމު
ރައީސް މުއިއްޒު އަދި ސައުދު އިބްރާހިމު / ތޭރަގްރެފިކްސް

މޯދީއަށް މަރުހަބާ ކިޔުނު، ނަމަވެސް ދިވެހި ދައުލަތަށް އެތައް ޚިދުމަތެއް ކޮށްދެއްވި ބޭފުޅަކު ނިޔާވެ އެއް ދުވަސްވީއިރުވެސް ތައުޒިޔާގެ މެސެޖެއް ސަރުކާރަށް ނުފޮނުވުނު!

Mariyam Isaadha
މަރިޔަމް އިސާދާ
Jun 7, 2024, 10:40 PM
މާލެ ސިޓީ

ދިވެހި ދައުލަތަށް އެތައް ގުނަ އަގުނުކުރެވޭ ޚިދުމަތްތަކެއް ކޯށްދެއްވާފައިވާ، ސައުދު އިބްރާހިމް، މެހުރާ / ރ. އިންނަމާދޫ އަވަހާރަވެ އެއް ދުވަސްވެގެނެް ދިޔައިރުވެސް ދިވެހި ސަރުކާރުން ތައުޒިޔާގެ މެސެޖެއް ވެސް ފޮނުވާ ނުލާކަން ހާމަވެއްޖެއެވެ.

Advertisement

ރ.އަތޮޅާއި އިތުރު 3 އަތޮޅެއްގެ އަތޮޅުވެރިކަމާއި އެޓޯލްސް އެޑްމިނިސްޓްރޭޝަންގެ ޑިރެކްޓަރ ކަމާއި ޑިރެކްޓަރ ޖެނެރަލް ކަމާއި އެޓޯލްސް މިނިސްޓްރީގެ ރާއްޖެ ތެރޭގެ ވަކީލު ކަމާއެޓާނީ ޖެނެރަލްގ އެހީތެރިޔާގެ މަގާމާ، ރައްޔިތުންގެ މަޖިލީހުގެ ރ. އަތޮޅުގެ މެމްބަރުކަމާ މަޚްކަމތުލް ޝަރިއްޔާގެ ރ. އިންނަމާދޫ، މަކުރަތު ރަސްމާދޫގެ ނައިބު ކަމާ މާކުރަތު ކަތީބުކަމާ އެޓާނީ ޖެނެރަލް އޮފީހުގެ އެހީތެރިޔާގެ މަގާމާޕަބްލިކު ކޮމްޕްލެއިން ބިއުރޯގެ ކޮމްޕްލެއިންސް ކޮމިޝަނަރުގެ މަގާމާ، ޕޮލިސް އިންޓަގިރިޓީ ކޮމިޝަންގެ ކޮމްޕްލެއިންޓްސް ކޮމިޝަނަރުގެ މަގާމާ މިނިސްޓްރީ އޮފް އެޓޯލްސްގެ ރާއްޖޭތެރޭގެ ޚައްސަ އެހީ ތެރިޔާގެ މަގާމާ ކޯޓް ނަމްބަރު 1،2،3 އަދި އިތުރު ބައެއް އެހެން ކޯޓްތަކުގެ އިސް ގާޒީ ކަމާއި ވަކީލު ކަމުގެ އިތުރުން ވެސް ދަޢުލަތަށް ގިނަ ޚިދުމަތްތަކެއް ކޮށްދެއްވި ސައުދު އިބްރާހިމް މިދުނިޔެއަށް އަލްވަދާއު ކިޔުއްވީ އިއްޔެގެ ވަގުތެއްގައެވެ.

އާލާސްކަންފުޅާ އުޅުއްވާތާ އެތައް ދުވަސްތަކަކަށް ފަހު ސައުދު އިއްޔެ އަވަހާރަވިއިރު އުމުރުފުޅަކީ 82 އަހަރެވެ.

ސައުދުގެ ޚިދުމަތުގެ ލިސްޓު ނުހަނު ދިގުއިރު ސައުދުއަކީ މިހާރު ރ. އަތޮޅުގެ ވެރިޔާ، އާދެ ރ. އަތޮޅު ކައުންސިލް ރައީސް ހުސެއިން ނާސިފްގެ ބައްޕާފުޅުވެސް މެއެވެ.

އެހެންކަމުން ސައުދުގެ ވަކިވުމާ އެކު ދައުލަތަށް އެ ފަދަ ޚިދުމަތްތެރި އާއިލާއަކަށް އެންމެ ކުޑަ މިންވަރުން ސަރުކާރުން ތައުޒިޔާގެ މެސެޖެއް ރައްދުކޮށްލަން ވާނެ ކަމަށް ގިނަ ބަޔަކު ދަނީ ބުނަމުންނެވެ.

ހައްދު ފަހަނަ އަޅާފައިވާ ހިންދޫއަކު ކަމުގައިވާ ނަރެންދްރަ މޯދީ މަގާމަށް ހޮވިގެން ރައީސް މުހައްމަދު މުއިއްޒަށް އޭނާއަށް މަރުހަބާ ކިޔަން ލަހެއް ފަހެއް ނެތި މެސެޖުކޮށްލެވުނުއިރު ރައީސް މުއިއްޒުގެ ބައްޕާފުޅާއެކު ޝަރުއީ ނިޒާމުގައި ދިވެހިންނަށް އިންސާފު ގާއިމުކޮށްދެއްވަން މަސައްކަތްޕުޅު ކުރެއްވި ޚިދުމަތްތެރިއެއްގެ ވަކިވެ ދިއުމުގެ ހިލަމެއްވެސް އެމަނިކުފާނަށް ވިހެން ހީނުވާ ކަމަށާ އެކަމާ އާއިލާގެ ނުރުހުމާ ހިތްހަމަ ނުޖެހުން އޮތްކަން ތޭރަ އޮންލައިނަށް ވަނީ މައުލޫމާތު ލިބިފައެވެ.

ސައުދު އިބްރާހިމުއަކީ 40 އަހަރަށް ވުރެ ދިގު މުއްދަތެއްގައި ދިވެހި ދައުލަތަށް ޚިދުމަތްކޮށްދެއްވި އިޚްލާސްތެރި ބޭފުޅެކެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved