March 11, 2026
Advertisement
ރޯދަ މަސް ބައްދަލު ކުރިއިރުވެސް ފަލަސްތީނު އޮތީ އޮތް ހާލެއްގައި!
ރޯދަ މަސް ބައްދަލު ކުރިއިރުވެސް ފަލަސްތީނު އޮތީ އޮތް ހާލެއްގައި! / އަލްޖަޒީރާ

ފަލަސްޠީނުގެ ޙައްގުގައި އެއްބައިވަންތަކަމުގެ ފުޅަނދުބުރެއް ބާއްވައިފި

Mariyam Isaadha
މަރިޔަމް އިސާދާ
Jun 7, 2024, 11:04 PM
ހުޅުމާލެ

ފަލަސްޠީނު ރައްޔިތުންގެ ޙައްގުގައި އެއްބައިވަންތަކަމުގެ ފުޅަނދުބުރެއް ބާއްވައިފިއެވެ.

Advertisement

އިސްރާ ޖަމްއިއްޔާއިން އިސްނަގައިގެން ބޭއްވި މި ފުޅަނދުބުރު އޮތީ ހުޅުމާލޭގައެވެ. ގިނަ އަދަދެއްގެ ދުއްވާ އުޅަނދުތަކުގައި މީހުން މި ބުރުގައި ބައިވެރިވެފައިވެއެވެ.

ފުޅަނދު ބުރުގެ ބައިވެރިންވަނީ ފަލަސްތީނަށް ދެމުންދާ ހަމަލާތައް ހުއްޓާލުމަށް ގޮވާލާ އެއީ ނަސްލެއް ނައްތާލަން ދޭ އުދުވާނީ ހަމަލާތަކެއްގެ ގޮތުގައި ސިފަކޮށްފައެވެ.

މީި ފުޅަނދުބުރުގައި ގިނަ އަދަދެއްގެ ކުޑަ ކުދިންވެސް ބައިވެރިކޮށްފައިވާއިރު އެ ކުދިން ތިބީ ފަލަސްތީނުގެ ކުށެއް ނެތް މައުސޫމު ތުއްތު ކުދިން މެރުން ހުއްޓާލުމަށް ގޮވާލާ ޝުއޫރުފާޅުކުރަން ބޯޑުތައް ހިފަހައްޓައިގެންނެވެ.

މިދިޔަ ހުކުރު ދުވަހުވެސް "ރަފާޙް އަނދަނީ" ނަމުގައި މި ޖަމިއްޔާއިން ވަނީ ހަރަކާތެއް ކުރިއަށް ގެންގޮސްފައެވެ. ގާތްގަނޑަކަށް 400 އެއްހާ މީހުން ބައިވެރި އެއްވުމަށް ބޮޑު ތަރުހީބެއް ވަނީ ލިބިފައެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved