March 11, 2026
Advertisement
ޑރ.މުހައްމަދު ޖަމީލް އަހްމަދު
ޑރ.މުހައްމަދު ޖަމީލް އަހްމަދު / ތޭރަ އޮންލައިން

އެ ކަންވާރަކުން ނިކުންނާނީ އެ ކަންވާރެއްގެ ހުރިއެއްޗެއް: ޑރ. ޖަމީލް

Aishath Alaina
އައިޝަތު އަލައިނާ
Jun 8, 2024, 06:56 PM
މާލެ ސިޓީ

އެ ކަންވާރަކުން ނިކުންނާނީ އެ ކަންވާރެއްގެ ހުރި އެއްޗެއްކަމަށް ކުރީގެ ނައިބު ރައީސް ޑރ މުހައްމަދު ޖަމީލް އަހުމަދު ވިދާޅުވެއްޖެއެވެ.

Advertisement

މަޖިލިސް ރައީސް އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) އަށް ފާޑުވިދާޅުވެ އެކްސްގައި ކުރެއްވި ޕޯސްޓެގައި ޑރ. ޖަމީލު ވަނީ، މަޖިލީހުގެ ތަޅުމުގައި މާރިޔާއާ ދިމާލަށް އެއްޗެހި ގޮވި ފަދައިން އެއްޗެހި ނުގޮވުމަށް މަޖިލިސް ރައީސްއަށް އިލްތިމާސް ކުރައްވާފައެވެ.

ނަމަވެސް މިފަދައިން އިލްތިމާސް ކުރެއްވި ނަމަވެސް އެކަމަކު އެ ކަންވާރަކުން ނިކުންނާނީ އެ ކަންވާރެއްގެ ހުރި އެއްޗެއް ކަމަށް ވެސް ޑރ. ޖަމީލު ވަނީ ވިދާޅުވެފައެވެ.

އަދި ފުޅައަޅާ ކުނިވެފައި ހުރިއެއްޗެއް ކިތަންމެ ވަރަކަށް ރީތި ކަވަރެއްގައި ގެންގުޅުނަސް ދުވާނީ ކުނިވަސްކަމަށާއި، އަދުރޭ ދިވެހިންނަކަށް އޮޅުވާނުލެވޭނެ ކަމަށް ޑރ. ޖަމީލު ވަނީ ވިދާޅުވެފައެވެ.

އިތުރަަށް ޑރ. ޖަމީލު ވިދާޅުވީ، މަޖިލީހުގެ ރައީސް އެއީ ހުތުރު އަޚްލާގުގެ ނަމޫނާއެއްކަމަށެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved