March 20, 2026
Advertisement
މެމްބަރު ދީދީ
މެމްބަރު ދީދީ / މަޖިލިސް

މަޖިލީހުން ސަރުކާރު ޒިންމާދާރު ނުކުރާނެ ކަމަށް ބުނުމަކީ ރައްޔިތުންގެ މޫނުމަތީގައި ޖެހި ތަފާލެއް: ދީދީ

Aishath Naja
އައިޝަތު ނަޖާ
Jun 8, 2024, 09:02 PM
މާލެ ސިޓީ

20 ރައްޔިތުންގެ މަޖިލީހުގެ ތެރެއިން ސަރުކާރު ޒިންމާދާރު ނުކޮށްފާނެ ކަމުގެ ބިރު އޮތް ކަމަށް ސަރުކާރު ހިންގާ މައިޕާޓީ، ޕީއެންސީން ބުނުމަކީ ރައްޔިތުންގެ މޫނުމަތީގައި ޖެހި ތަފާލެއް ކަމަށް އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕްގެ ޑެޕިއުޓީ ލީޑަރު އަހުމަދު ދީދީ ވިދާޅުވެއްޖެއެވެ.

Advertisement

ދީދީ މިހެން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ ތެރެއިން ސަރުކާރު ޒިންމާދާރު ނުކޮށްފާނެ ކަމުގެ ބިރު އޮތް ކަމަށް ސަރުކާރު ހިންގާ މައިޕާޓީ، ޕީއެންސީގެ ޕާލިމެންޓްރީ ގުރޫޕްގެ މެމްބަރު އަދި ހެންވޭރު ދެކުނު ދާއިރާގެ މެމްބަރު އިމްރާން ލަތީފް (އިންމު) ވިދާޅުވުމާއި ގުޅިގެންނެެވެ.

މެމްބަރު އިމްރާންގެ ވާހަކަތަކަށް ރައްދު ދެއްވަމުން ދީދީ ވިދާޅުވީ، ސަރުކާރު ޖަވާބުދާރީކުރުވަން ޕީއެންސީ ބިޔަބޮޑު މެޖޯރިޓީ އިން އެއްވެސް ދައުރެއް އަދާނުކުރާނެ ކަމަށް އެ ޕާޓީން އެއްބަސްވެފައިވާ ކަމަށެެވެ.

އޭނާ ވިދާޅުވީ މަޖިލީހުގައި ތިއްބެވި ސަރުކާރު ޕީއެންސީއަށް ނިސްބަތްވެވަޑައިގަންނަވާ ބޭފުޅުންނަށް ސަރުކާރު ޒިންމާދާރު ކުރަން މަސައްކަތް ނުކުރެވޭނެ ކަމަށެވެ.

އަދި އެބޭފުޅުންނަށް ރައީސުލްޖުމުހޫރިއްޔާ ޑރ މުހައްމަދު މުއިއްޒު ރުހިވަޑައިނުގަންނަވާ ގޮތަށް އަނގަވެސް ހުޅުވާނުލެވޭނެ ކަމަށް ވިދާޅުވެ ދީދީ ވަނީ ޕީއެންސީ މެމްބަރުންނަށް ފާޑުވިދާޅުވެފައެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved