March 21, 2026
Advertisement
އަދުރޭ ނަށަނީ
އަދުރޭ ނަށަނީ / ތޭރަގްރެފިކްސް

ރައީސް މުއިއްޒުގެ ރޯލް މޮޑަލް ނަށައިފި

Aishath Naja
އައިޝަތު ނަޖާ
Jun 8, 2024, 08:31 PM
މާލެ ސިޓީ

އުފަން ރަށް ލ. ފޮނަދޫ އަށް ގޮސް 20 ވަނަ ރައްޔިތުންގެ މަޖިލިސްގެ ރައީސްކަން ލިބުމުގެ އުފަލުގައި އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ނަށައިފިއެވެ.

Advertisement

ސޯޝަލް މީޑިޔާގައި ދައުރުވެފައިވާ ވީޑިޔޯތަކުން ފެންނަނީ އަދުރޭ ސަގާފީ ނެށުމެއް ނަށާ މަންޒަރެވެ.

އިދިކޮޅުގައި ހުންނަވާ ކުރީގެ ރައީސް މުހައްމަދު ނަޝީދު ސަގާފީ ނެށުމެއް ނެށުމުން އަދުރޭ ވަނީ ނަޝީދަށް ލާދީނީއަށް ގޮވާފައެވެ.

ނަމަވެސް މިއަދު އަދުރޭ ނެށުމުން އެއީ މައްސަލައެއް ނޫންތޯ ވެސް ގިނަ ފަރާތްތަކުން ވަނީ ސުވާލު އުފައްދާފައެވެ.

އެގޮތުން ރައީސް މުއިއްޒުގެ ރޯލް މޮޑަލް އަކީ އަދުރޭ ކަމަށް ވިދާޅުވެފައިވާއިރު އެމަނިކުފާނުގެ ރޯލް މޮޑަލް މިފަދައިން ނަށާ މަޖަލާ ސަކަރާތުގައި އުޅުއްވާއިރު އެމަނިކުފާނު ވެސް އެފަދައިން ނުއުޅޭނެކަމެއް ނޭނގޭކަމަށް ވެސް ގިނަ ފަރާތްތަކުން ބުނެއެވެ.

ގައުމުގެ އެއް ބާރުގެ ވެރިޔާ ނަށާ ސަކަރާތުގައި އުޅުމުން ގިނަ ފަރާތްތަކުން އަންނަނީ ފާޑުކިޔުން އަމާޒުކުރަމުންނެވެ.

މަޖިލިސް ރައީސް ކަމަށް ހޮވުނު ފަހުން އަދުރޭ ވަނީ ފުރަތަމަ ފަހަރަށް ލ.ފޮނަދޫ އަށް ގޮސްފައެެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved