February 20, 2026
Advertisement
މިނިސްޓާރ ޝަހީމް
މިނިސްޓާރ ޝަހީމް / ވޮއިސް.އެމްވީ

ހައްޖު ކިއުގެ ބޭރުން އެއްވެސް ފަރާތެއް ފޮނުވާފައި ނުވާނެ: ޑރ.ޝަހީމް

Aishath Naja
އައިޝަތު ނަޖާ
Jun 8, 2024, 10:39 PM
މާލެ ސިޓީ

ހައްޖަށް ދާން ގިނަ ބަޔަކު ކިއުގައި ތިއްބާ އެ ކިއު ފަޅާފައި އެއްވެސް ބަޔަކަށް ޖާގަ ހޯދައިދީފައި ނުވާނެ ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.

Advertisement

މިނިސްޓަރ ޝަހީމް މިފަދައިން ވިދާޅުވެފައިވަނީ ފޭސްބުކްގައި ކުރެއްްވި ޕޯސްޓެއްގައެވެ.

މިނިސްޓާރ ޝަހީމް އެ ޕޯސްޓްގައި ވިދާޅުވީ ކުރިން އެ ކިއުއިން ޖާގަ ލިބެނީ 700 އެއްހާ މީހުންނަށް ކަމަށެވެ.

ނަމަވެސް މިފަހަރު 1000 އަށްވުރެ ގިނަ މީހުންނަށް ޖާގަ ދީފައިވާނެ ކަމަށެވެ.

އިތުރަށް އެމަނިކުފާނު ވިދާޅުވީ ހައްޖު ކިއު ދިގުވެފައިވަނީ ކޮވިޑް ދުވަސްވަރު ދަތުރުތައް މަޑުޖެހިފައި އޮތުމުން ކަމަށެވެ.

އަދި ރާއްޖެއިން ހައްޖަށް ދިއުމަށް ހުށަހަޅައި ލިސްޓު ތަރުތީބުގައި ހިމެނިފައިވަނިކޮށް އެ ތަރުތީބުން ބޭރުން އެއްވެސް މީހަކަށް ހައްޖަށް ދިއުމުގެ ފުރުސަތު ދީފައި ނޯންނާނެ ކަމަށް ތަކުރާރުކޮށް މިނިސްޓާރ ވަނީ ފާހަގަކުރައްވާފައެވެ.

މިއަހަރު ރާއްޖެއިން 1150 މީހުން ޖުމްލަ ހައްޖަށް ދާނެ ކަމަށް އެމަނިކުފާނު ވަނީ ވިދާޅުވެފައެވެ.

މިފަދައިން މިނިސްޓާރ ވިދާޅުވެފާއި ވަނީ ގިނަ ބަޔަކު ހައްޖަށް ދާން ކިއޫގައި ޖެހިފައި ތިއްބާ ކިއުގެ ބޭރުން އެހެން މީހުންނަށް ޖާގަ ދޭކަމުގެ ޝަކުވާތައް އާންމުން ކުރަމުންދިޔަ ދަނޑިވަޅުގައެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved