ފުވައްމުލަށް ސިޓީ ވެކިއުމް ސްޓޭޝަނަށް ދިމާވި މައްސަލަ ފެނަކަ ކޯޕަރޭޝަން އިން ހައްލުކޮށްފިއެވެ.
ފެނަކައިން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނެފައި ވަނީ އެ ކޯޕަރޭޝަންގެ ޓީމެއް ވަނީ ފުވައްމުލަކް ސިޓީއަށް ދަތުރުކޮށްފައި ކަމަށެވެ.
ސ. ހިތަދޫގައި ތިބި ޓީމު ވަނީ އެ ސިޓީއަށް ދަތުރުކުރުމަށް ފަހު މައްސަލަ ހައްލުކޮށްފައި ކަމަށްވެސް އެ ޕޯސްޓުގައި ވަނީ ބުނެފައިއެވެ.
ފެނަކައިން ވަނީ މިފަދަ މައްސަލަތައް ދިމާވާ ސަބަބުތައް ދެނެގަނެ ހައްލު ކުރުމުގެ މަސައްކަތް ކުރަމުން ދާނެ ކަމުގެ ޔަގީންކަން އަރުވާފައިއެވެ.
އެ ކޯޕަރޭޝަނުން އަންނަނީ ރަށްރަށުގައި ތިބި ރައްޔިތުންނަށް ފުރިހަމައަށް މެދުކެނޑުމެއް ނެތި ޚިދުމަތް ދިނުމަށް ހުއްޓުމެއް ނެތި މަސައްކަތްކުރަމުންނެވެ.