March 22, 2026
Advertisement
ރައީސް މުއިއްޒު އިންޑިޔާގައި
ރައީސް މުއިއްޒު އިންޑިޔާގައި / ސޯޝަލް މީޑިއާ

ރައީސް މުއިއްޒު އިންޑިޔާގައި، މަރުޙަބާ ދެންނެވި ސަފުގެ ކުރީގައި ހަލީލް އަދި އަލީ އާރިފް!

Aishath Naja
އައިޝަތު ނަޖާ
Jun 9, 2024, 05:07 PM
މާލެ ސިޓީ

އިންޑިޔާގެ ޕްރައިމް މިނިސްޓާރ ނަރެންދްރަ މޯދީ ހުވާކުރެއްވުމުގެ ރަސްމިއްޔާތައް އެ ގައުމުގެ ވެރިކަން ކުރާ ސިޓީ ނިއު ދިއްލީއަށް ރައީސް ޑރ މުހައްމަދު މުއިއްޒު ވަޑައިގަތުމުން މަރުޚަބާ ދެންނެވުމަށް ސަފުގައި ތިއްބެވީ އިންޑިޔާގެ އިސްވެރިންނަށްވުރެ ގިނައިން ރާއްޖޭގެ އިސްފަރާތްތަކެއްކަން ހާމަވެއްޖެއެވެ.

Advertisement

އެގޮތުން ރައީސް އޮފީހުގެ ވެެބްސައިޓުން އެނގޭ ގޮތުގައި ރައީސް މުއިއްޒު ދިއްލީ އަށް ވަޑައިގަތުމުން އެމަނިކުފާނަށް އިންޑިޔާގެ ފަރާތުން މަރުޚަބާ ދަންނަވާފައިވަނީ އެ ގައުމުގެ އެކްސްޓާނަލް އެފެއާރސް ގެ ރަޝިއަން އެމްބެސެޑާރ ޕަވަން ކަޕޫރެވެެ.

ރާއްޖޭގެ ރައީސް އޮފީހުގެ ދެ މިނިސްޓަރެއް ވެސް ސަފުގައި ހުންނަވާ ރައީސް މުއިއްޒަށް މަރުޚަބާ ދަންނަވާފައިވެއެވެ.

އެއީ މިނިސްޓާރ އެޓް ދި ޕްރެސިޑެންޓްސް އޮފީސް ފޯރ ޕްރެސިޑެންޝަލް އެފެއާރސް އަލީ އާރިފް އަދި މިނިސްޓަރ އެޓް ދި ޕްރެސިޑެންޓްސް އޮފީސް ފޯރ ސްޓްރެޖިކް ކޮމިޔުނިކޭޝަން އިބްރާހިމް ހަލީލެވެ.

ރައީސް މުއިއްޒަށް އިންޑިޔާއިން މޯދީ ހުވާ ކުރައްވާ ރަސްމިއްޔާތައް ދައުވަތު ދީފައިވަނީ މޯދީ އަށް އެކްސްގައި މަރުޚަބާ ދެންނެވުމަށްފަހު ގުޅުން ބަދަހިކުރަން ބޭނުންވާކަމަށް ރައީސް މުއިއްޒު އެދިވަޑައިގަތުމުންކަން ފާހަގަކޮށްލެވެއެވެ.

ވެރިކަމަށް އައުމުގެ ކުރިން އަދި އައިތާ ކުރީ ކޮޅު ރައީސް މުއިއްޒު އަބަދުވެސް ދެއްކެވީ އިންޑިޔާއަށް ކަންކަމުގައި ބަރޯސާނުވެ އެހެން ގައުމުތަކާ އެކު ގާތް ގުޅުމެއް އުފައްދާނެ ކަމުގެ ވާހަކަތަކެވެ.

އެގޮތުން އިންޑިޔާއިން ރާއްްޖެ އެތެރެކުރާ ކާޑުގެ ބާވަތްތައް ތުރުކީން އެތެރެކުރެވޭނެ ގޮތެއް ހަމަޖެއްސުމާއި ބޭސް ފަރުވާ ހޯދުމަށް އިންޑިޔާއަށް ނުގޮސް ދުބާއީ އިން އެ ހިދުމަތް ހޯދޭނެ ގޮތްތަކުގެ ވާހަކަ އަކީ ރައީސް މުއިއްޒު އޭރު ދެއްކެވި ވާހަކަތަކެވެ.

ނަމަވެސް ދާދިފަހުން އެމަނިކުފާނުގެ ރާގު ވަނީ ބަދަލުވެފައެވެ. އަދި ފެނިގެންދަނީ އިންޑިޔާގެ ކުރިމަތީ ކުޑަކަކޫ ޖަހާ މަންޒަރުކަން ވެސް ފާހަގަކޮށްލެވެއެވެ.

ކޮމެންޓު
ކޮމެންޓްތައު
ވުޑެން
Jun 9, 2024, 07:32 PM
އާދައިގެ ރައްޔަތުމީހާ އަނގަޔާ އަތާ ދިމާނުވެގެން އުޚޭ އެރައްޔަތުންދައްކާ ޓެކްސް ލާރިކޮޅު ކަންދައްކަންވެގެން މުއިއްޒު ތަޅާ ބުރުވަނީ
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved