May 2, 2026
Advertisement
ޑރ އިޔާޒް އަދި ޝިއުނާ
ޑރ އިޔާޒް އަދި ޝިއުނާ / ތޭރަ އޮންލައިން

އިޔާޒް ޝިއުނާއަށް: ސަރުކާރުގެ އަބުރުވެެރި މަގާމެއްގައި ހުރެ، ދޮގު ޚަބަރު ފެތުރުމަކީ ދެރަވަރުގެ ކަމެއް!

Aishath Naja
އައިޝަތު ނަޖާ
Jun 9, 2024, 06:39 PM
މާލެ ސިޓީ

5 އަހަރު ވަންދެން ހައްޖު ކުރީ "ހައްޖު ކޯޕަރޭޝަންގެ" ހަރަދުގައި ކަމަށް ސަސްޕެންޝަންގައި ހުންނެވި ޔޫތް މިނިސްޓްރީގެ ނައިބު މަރިޔަމް ޝިއުނާ ވިދާޅުވުމުން ޑރ މުހައްމަދު އިޔާޒް ރައްދު ދެއްވައިފިއެވެ.

Advertisement

އިޔާޒް ޝިއުނާއަށް ރައްދު ދެއްވާފަައިވަނީ ޝިއުނާގެ ޕޯސްޓް އެކްސްގައި ހިއްސާ ކުރެއްވުމަށްފަހުގައެވެ.

އެގޮތުން އެ ޕޯސްޓްގައި އިޔާޒް ވިދާޅުވީ ޝިއުނާ ހަގީގަތާ އެއްގޮތައް ވާހަކަދެއްކުމަށެވެ.

ސަރުކާރުގެ އަބުރުވެެެރި މަގާމެެއްގައި ހުރެ ދޮގު ޚަބަރު ފެތުރުމަކީ ދެރަވަރުގެ ކަމެއް ކަމަށް ވެސް އިޔާޒް ވަނީ ވިދާޅުވެފައެވެ.

އިތުރަށް ޝިއުނާއަށް ރައްދު ދެއްވަމުން އިޔާޒް ވިދާޅުވީ މިހާތަނަށް ހައްޖު ކޯޕަރަޝޭންގައި ހައްޖައް ގޮސްފައިވާނީ އެންމެ ފަހަރަކު ކަމަށެވެ.

އަދި އެއީ މިދިޔަ އަހަރު ދީނީ މުރުޝިދެއްގެ ގޮތުގައި ކަމަށްވެސް ޑރ އިޔާޒް ވިދާޅުވިއެވެ.

އަދި ހައްޖު ކޯޕަރޭޝަންގެ ރެކޯޑްތަކުން އެކަން ސާފުވާނެކަމަށް ވެސް އިޔާޒް ވަނީ ޕޯސްޓްގައި ފާހަގަކުރައްވާފައެވެ.

މި ސަރުކާރުން، ސަރުކާރުގެ އެހީގައި ފަގީރުން ހައްޖައް ފޮނުވިއިރު އޭގެ ތެރޭގައި ގިނައީ އާމްދަނީ ހޯދާ ފަރާތްތައް ކަމަށް ބުނެ ސޯޝަލް މީޑިޔާގައި އެކި އެކި ފަރާތްތަކުން އަންނަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved