March 19, 2026
Advertisement
މާމިގިލި ދާއިރާގެ މެންބަރު ގާސިމް އިބްރާހިމް
މާމިގިލި ދާއިރާގެ މެންބަރު ގާސިމް އިބްރާހިމް / -

އިޒްރާއީލް ޕާސްޕޯޓު މަނާ ކުރުމާ ދެކޮޅަށް މަހުޖަނު ގާސިމް ތެދުވެއްޖެ

Mariyam Isaadha
މަރިޔަމް އިސާދާ
Jun 10, 2024, 06:08 PM
މާލެ ސިޓީ

ޔަހޫދީން ތަބާވާ ދީނަކީ ސަމާވީ ދީނެއް ކަމަށް ބުނެ އިޒްރޭލު ޕާސްޕޯޓް މަނާކުރުމާ ދެކޮޅަށް މާމިގިލީ ދާއިރާގެ މެމްބަރު އަދި މަޝްހުރު ވިޔަފާރިވެރިޔާ ގާސިމް އިބްރާހިމު ތެދުވެއްޖެއެވެ.

Advertisement

ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ފުރަތަމަ ދައުރުގެ 4 ވަނަ ޖަލްސާގައި، ފަލަސްތީނުގައި އިޒްރޭލުން ގަތުލުއާންމެއް ހިންގާތީ އެ ގައުމުގެ ޕާސްޕޯޓު އޮންނަ މީހުން ރާއްޖެއަށް އައުން މަނާކުރަން މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއީލް އަހުމަދު ނަސީމު ހުށަހެޅުއްވި ބިލަށް ބަހުސްކުރަމުން ގާސިމް ވިދާޅުވީ، އިޒްރޭލު ޕާސްޕޯޓު މަނާ ކުރުމުގެ މާނައަކީ ޔަހޫދީންނަށް ރާއްޖެއަށް އތެރެ ނުވެވޭނެހެން ގާނޫނެއް ފާސްކުރުން ކަމަށާ އެއީވެސް ﷲ ސުބުހާނަހޫ ވަތއާލާ ބާވާލެއްވި ދީނެއްގެ އަހުލުވެރިން ކަމަށެވެ.

އިޒްރޭލުގެ ނެޝަނަލިޓީ އޮތް މީހަކު ރާއްޖެއަށް ނާދެވޭ ގޮތަށް އަޅުގަނޑުމެން ނިންމައިލާއިރު އޭގެ މާނައަކީ ޔަހޫދީންނަށް ނާދެވޭ ގޮތަށް ނިންމާ ވާހަކަަ އެ ވިދާޅުވެވެނީ ކުރުގޮތެއްގައި ބުނާކަމަށް ވަންޏާ. އެހެންވީމާ ﷲ ބާވާލައްވާފައިވާ ދީނެއްގައި ރަސޫލުންނަށް އީމާން ވެފައި ތިބި ބަަޔަކަށް ވާހިނދު އަޅުގަނޑުމެންނަށް އެފަދަ ކަމެއް ކުރުމުގެ ފުރުސަތާ މެދު ވަރަށް ފުންކޮށް، އަޅުގަނޑުމެން އެ ނަޒަރިއްޔާއިން ވިސްނައިލަން ޖެހޭނެ، އެކަމާ މެދު ވަރަށް ފިކުރުވެރިކަމާ އެކު ވިސްނައިލަން ޖެހޭނެ

ގާސިމް

އިޒްރޭލުގެ ރައްޔިތުން ރާއްޖެއަށް އެތެރެވުން މަނާކުރުމަކީ އެކަމާ މެދު ވަރަށް ފުންކޮށް ވިސްނައި ދިރާސާކޮށްފައި ނޫނީ އެޅޭނެ ފިޔަވަަޅެއް ނޫން ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ކޮމެންޓު
ކޮމެންޓްތައު
ސަމާމު
Jun 10, 2024, 06:43 PM
ގާސިމުބަލަކަލެއަންނޭގެނީޢެޢީމަންސޫޚު ެފައހވާދިނެށްކަން
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved