March 22, 2026
Advertisement
ރައީސް ޑރ. މުއިއްޒާއި ޖައިޝަންކަރު
ރައީސް ޑރ. މުއިއްޒާއި ޖައިޝަންކަރު / ރައީސް އޮފިސް

ރައީސް މުއިއްޒު އިންޑިޔާގެ ކުރިމަތީ ސަލާން ޖެހުމުން، އިންޑިޔާއިން ރާއްޖެއާއެކު ގުޅުން ބަދަހިކުރަން ނިންމައިފި

Aishath Naja
އައިޝަތު ނަޖާ
Jun 10, 2024, 06:54 PM
މާލެ ސިޓީ

އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ޑރ. ޖައިޝަންކަރު ރާއްޖޭގެ ރައީސް ޑރ. މުހައްމަދު މުއިއްޒާއި ބައްދަލު ކުރެއްވުމަށްފަހު ރާއްޖެއާއެކު ގުޅިގެން މަސައްކަތް ކުރަން އިންތިޒާރުކުރައްވާ ކަމަށް ވިދާޅުވެއްޖެއެވެ.

Advertisement

ރައީސް މުއިއްޒާ ޖައިޝަންކަރު ބައްދަލުކުރެއްވީ މިއަދު އެވެ.

ބައްދަލުވުމަށްފަހު ޖައިޝަންކަރު ވަނީ ރައީސް މުއިއްޒާއެކު ނަގާފައިވާ ފޮޓޯއެއް އެކްސްގައި ހިއްސާކުރެއްވުމަށްފަހު އިންޑިޔާ އަދި ރާއްޖެ އެއްކޮށް ގުޅިގެން މަސައްކަތް ކުރާނެ ދުވަހަކަށް އިންތިޒާރު ކުރާނެކަމަށް ވިދާޅުވެފައެވެ.

އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރާ މޯދީ ތިން ވަނަ ދައުރަކަށް ހޮވުމާއެކު ރައީސް މުއިއްޒު ވަނީ އެކްސްގައި މަރުޙަބާ ދަންނަވާ ގުޅިގެން މަސައްކަތް ކުރަން ބޭނުންވާކަމަށް ވިދާޅުވެފައެވެ.

މިއާއެކު މޯދީ ވަނީ އޭނާ ހުވާ ކުރެއްވުމުގެ ރަސްމިއްޔާތަށް ރައީސް މުއިއްޒަށް ދައުވަތު ދެއްވާފައެވެ. މި ވަގުތު ރައީސް މުއިއްޒު އިންޑިޔާގައި އެ ހުންނެވީ ދައުވަތު ގަބޫލުކުރައްވާ ރަސްމިއްޔާތައް ވަޑައިގަތުމަށްފަހުގައެވެ.

މޯދީ އާ ވެސް ރައީސް މުއިއްޒު މިއަދު ވަނީ ބައްދަލުކުރައްވާފައެވެ.

ވެރިކަމަށް އައުމުގެ ކުރިން ރައީސް މުއިއްޒު އިންޑިޔާއަށް ކަންކަމުގައި ބަރޯސާނުވާނެ ކަމަށް ވިދާޅުވި ނަމަވެސް މިހާރު ފެނިގެންދަނީ އިންޑިޔާ އާއެކު ގާތް ގުޅުމެއް ނުބޭއްވިގެން އުޅުއްވާ މަންޒަރުކަމުން ގިނަ މީހުން އަންނަނީ ނުރުހުން ފާޅުކުރަމުންނެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved