May 2, 2026
Advertisement
އިސްލާމިކް މިނިސްޓާރ
އިސްލާމިކް މިނިސްޓާރ / އިސްލާމިކް މިނިސްޓްރީ

ކުރީ ސަރުކާރުން ފަގީރުންގެ ދަފްތަރު ރިވިއު ކޮށްފައެއް ނުވޭ : ޝަހީމް

Aishath Naja
އައިޝަތު ނަޖާ
Jun 11, 2024, 03:36 AM
މާލެ ސިޓީ

ނިމިދިޔަ ރައީސް އިބްރާހިމް މުހައްމަދު ޞާލިހްގެ ސަރުކާރުން ފަގީރުންގެ ދަފްތަރު ރިވިއު ކޮށްފައި ނުވާ ކަމަށް އިސްލާމީ ކަންތައްތަކާއި ބެހޭ ވަޒީރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.

Advertisement

މިނިސްޓާރ މިފަދައިން ވިދާޅުވެފައިވަނީ ހައްޖަށް ފުރާ ވަޑައިގަންނަވަން އެއަރޕޯޓުގައި ހުންނަވައިގެން މީޑިޔާއަށް ދެއްވި އިންޓަވިއުއެއްގައެވެ.

އެގޮތުން މިނިސްޓާރ ޝަހީމް ވިދާޅުވީ ކޮވިޑް-19އާ ގުޅިގެން ގިނަ ބައެއްގެ އާމްދަނީއަަށް އަސަރު ކުރިއިރު، ފަގީރުންގެ ދަފްތަރު އޭގެ ފަހުން ރިވިއުކޮށްފައި ނުވާ ކަމަަށެވެ.

ފަގީރުންގެ ލިސްޓު އާންމު ކޮށްފައި ވަނީ އޭގައި ޝަހުސީ މައުލޫމާތު ހުރުމާއި ގުޅިގެން ކަމަށާއި ހަމަ އެއާއިއެކު ހައްޖަށް ފޮނުވާފައި ވާ ލިސްޓުގައި އެއްވެސް އޮޅުވާލުމެއް ނޯންނާނެ ކަމުގެ ޔަގީންކަން މިނިސްޓާރ ޝަހީމް ވަނީ ދެއްވާފައެވެ.

ސަރުކާރުގެ ހަރަދުގައި ހައްޖަށްދާ 50 މީހުން ހޮވުމުގައި އިންސާފުން ބޭރުން އެއްވެސް ކަމެއް ކޮށްފައިނުވާނެ ކަމަށާއި، އެކަމުގައި އެއްވެސް މީހެއްގެ ނުފޫޒެއް ނޯންނާނެ ކަމަަށް ވެސް މިނިސްޓާރ ވިދާޅުވިއެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved