ތައިލެންޑުގައި އުފައްދާ ރާއްޖެއަށް އެތެރެކުރާ ބޭހުގެ ބާވަތްތަކެއް ބޭނުންކުރުން މަނާކޮށްފިއެވެ.
އެގޮތުން ފުޑް އެންޑް ޑްރަގް އޮތޯރިޓީއިން ވަނީ ތައިލޭންޑްގައި އުފައްދާ 15 ބާވަތެއްގެ ބޭސް ބޭނުންކުރުން މަނާކޮށްފައެވެ.
އެފްޑީއޭއިން ނެރުނު އެލާޓެއްގައި ވަނީ، ތައިލެންޑުގެ ސެވެން ސްޓާސް ފާމަސޫޓިކަލްއިން ބޭސް އުފެއްދުމުގައި ބޭނުންކޮށްފައިވާ ސޯބިޓޯލްގައި ނުރައްކާތެރި ކެމިކަލްގެ މާއްދާއެއް އެކުލެވިގެންވާތީ އެގައުމުގެ ބޭސް ރެގިއުލޭޓް ކުރާ އޮތޯރިޓީން ބޭސްތަކެއް ބާޒާރުން ނަގައި، އެކަން އެ އޮތޯރިޓީއަށް އަންގައިފައިވާ ކަމަށެވެ.
— MFDA (@MFDA_mv) June 11, 2024
އެހެންކަމުން އެ ބޭސްތައް ރާއްޖޭގައި ބޭނުން ނުކުރުމަށާއި އަދި ތައިލެންޑަކީ ދިވެހީން ބޭސްފަރުވާއަށް ގޮސް އުޅޭ ގައުމަކަށް ވެފައި ބައެއް ހާލަތްތަކުގައި އަމިއްލަ ބޭނުމަށް އެ ގައުމުން ބޭސް އެތެރެކުރާތީ އެކަމަށް ސަމާލުވާން އެމްއެފްޑިއޭއިން ވަނީ އެދިފައެވެ.
ރައްކާތެރި ފިޔަވަޅެއްގެ ގޮތުން ބޭސް ސިޓީއަށް ބޭސް އެތެރެކުރާއިރު ހާއްސަ ސަމާލު ކަމެއް ދީގެން ޕޯޓްތަކުން ބަލާ ފާސް ކުރަމުން ދާނެކަމަށްޓަކައި އެކަމަށް ވެސް ސަމާލުވުމަށް އެ އޮތޯރިޓީން ވަނީ އެދިފައެވެ.
އެކަމާ ގުޅޭ އިތުރު މައުލޫމާތު އެ އޮތޯރިޓީގެ ހޮޓްލައިން ނަމްބަރު 7200321އިން ލިބޭނެ ކަމަށް ވެސް އެފްޑީއޭގެ އެލާޓްގައިވެއެވެ.