ސަރުކާރުން ޒުވާނުން މަސްވެރި ސިނާއަތަށް ނެރެން ބަޭނުންވިޔަސް ފައިދާ އެއްނެތް މަސައްކަތެއް ޒުވާނުން ހިތުން ރުހުމުން ނުކުރާނެ ކަމަށް ޒުވާން މަސްވެރިން ބުނެފިއެވެ.
އެކްސްގައި ޒުވާން މަސްވެރިއެއް ކުރި ޕޯސްޓުގައި އޭނާ ބުނެފައި ވަނީ އޭނާ މަަސައްކަތް ކުރާ އޮޑިއަށް އެކަނިވެސް ސަރުކާރުން 80 ޓަނުގެ މަހަށް 30 ފަޅުވެރިންނަށް ފައިސާ ނުދޭކަމަށެވެ.
އަދި މިފަދައިން ސަރުކާރުން މަސްވެރިންނާއި މެދު ކަންތައް ކުރާ އިރު މި މަސްވެރިންގެ ގޭގައި ބަނޑަށް ޖެހެފައި ތިބި އާއިލާތަކެއް އެބަ ތިބި ކަމަށްވެސް އޭނާ ވަނީ ބުނެފައިއެވެ.
މި ސަރުކާރުން ބޭނުން ވަނީ މަސްވެރިކަމުގެ ސިނާއަތަށް ވީހާވެސް ގިނަ ދިވެހިން ނެރެން ކަމަށާއި، އެގޮތް ސަރުކާރުން ބޭނުން ވީނަމަވެސް އެއްވެސް ފައިދާއެއް ނުލިބޭ މަސައްކަތެއްގައި ދިވެހި ޒުވާނުން ތިބޭނީ ކިހިނެއް ކަމާއި މެދުވެސް އެ ޕޯސްޓުގައި ވަނީ ފާހަގަކޮށްފައިއެވެ.
މަސްވެރިންގެ އަތުން ސަރުކާރުން ގަނެ އެކްސްޕޯޓު ކުރާ ބައި ޔަގީނުންވެސް ވިކޭ ކަމަށާއި ނަމަވެސް މި ފައިސާ ވެސް އެމީހުންނަށް ނުލިބޭތީ މަސްވެރިން އަންނަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.
މި ސަރުކާރުން މަސްވެރިންނަށް ދޭންޖެހޭ ފައިސާ ނުލިބުމުގެ ސަބަބުން މަސްވެރިން އަންނަނީ ސަރުކާރުން ފައިސާއަށް އެދި އާދޭސް ކުރަމުންނެވެ.
ނަމަވެސް މިއީ މަސްވެރިކަން ކުރިއަރުވަން ވެރިކަމަށް އައި ސަރުކާރެއްކަން ފާހަގަކޮށްލެވެއެވެ.