March 11, 2026
Advertisement
ޑރ މަލީހް ޖަމާލް
ޑރ މަލީހް ޖަމާލް / ސޯޝަލް މީޑިއާ

ސަސްޕެންޑުކޮށްފައިވާ ވަޒީރުންނަށް ޓެކްސް ފައިސާއިން މުސާރަދިނުން މަލީހު ކުށްވެރި ކުރައްވައިފި

Aishath Alaina
އައިޝަތު އަލައިނާ
Jun 12, 2024, 06:59 PM
މާލެ ސިޓީ

ސަސްޕެންޑުކޮށްފައިވާ ވަޒީރުންނަށް ޓެކްސް ފައިސާއިން މުސާރަދިނުން ޕީއެންއެފްގެ ސެކެރެޓަރީ ޖެނެރަލް މުހައްމަދު މަލީހު ޖަމާލު ކުށްވެރި ކުރައްވައިފިއެވެ.

Advertisement

މި ސަރުކާރުން އަންނަނީ ރައްޔިތުންގެ ޓެކްސް ފައިސާއިން ޔޫތް މިނިސްޓްރީގެ ނައިބު މަރިޔަމް ޝިއުނާ އަދި މަލްޝާ ޝަރީފުއަށް މުސާރަދެމުންނެވެ.

މިފަދަ ޖަރީމާއެއް ހިންގުމަކީ ރައީސުލްޖުމްހޫރިއްޔާއަށްވެސް ލިބިގެންވާ ބާރެއް ނޫންކަމަށް މަލީހު ވިދާޅުވިއެވެ. އަދި މިކަމުން އެއްވެސް ބަޔަކަށް ހެވެއް ނުވާނެ ކަމަށްވެސް މަލީހު ވިދާޅުވިއެވެ.

މަލީހު ވަނީ މި ސަރުކާރުން ކޮންމެވެސް އެއްގޮތެއް ހިޔާރުކުރުމަށް ސަރުކާރަށް އިލްތިމާސް ކުރައްވާފައިއެވެ.

މި ދެ ވަޒީރުންވެސް ވަނީ އިންޑިއާއަށް ފުރައްސާރަކުރި މައްސަލާގައި ސަސްޕެންޑުކޮށްފައިއެވެ. ނަމަވެސް މެދުކެނޑުމެއް ނެތި އެ ދެ ވަޒީރިންނަށްވެސް މުސާރަ ލިބެއެވެ. މިކަމާ ގުޅިގެން ގިނަ އާންމުން ގެންދަނީ އެކަމާ ނުރުހުން ފާޅުކޮށް ސަރުކާރަށް ފާޑުވެސް ކިޔަމުންކަން ފާހަގަކޮށްލެވެއެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved