ކަންނެލި މަސްވެރިން މިއަދު ކުރަމުންގެންދާ އިހްތިޖާޖްގެ އަޑު ސަރުކާރުން އެހުމަށާއި މަސްވެރިން މިފްކޯ އަށް ކިރުވި މަހަށް ދޭން ޖެހޭ 80 މިލިއަން ރުފިޔާ ވަގުތުން ދިނުމަށް ކުރީގެ ފޮރިން މިނިސްޓަރު ޝާހިދު ގޮވާލައްވާފިއެވެ.
މިއަދުގެ ސަރުކާރު ވެރިކަމަށްއައީ މަސްވެރިން ކިރާ މަހަށް އެންމެ ގިނަ ވެގެން ދެ ދުވަހު ތެރޭ ފައިސާ ޖަމާ ކުރާނެކަމަށް ވަޢުދުވެކަން ދިވެހި މަސްވެރިންއެގެންދަނީ ތަކުރުކޮށް ހަނދާން ކޮށްދެމުން ކަމަށް ޝާހިދު އެކްސްގައި ކޮށްފައިވާ ޕޯސްޓެއްގައި ބުނެފައިވެއެވެ.
މި އަހަރު ކުރީކޮޅު ވެސް މަސްވެރިންނަށް ދޭން ޖެހޭ އެތަށް މިލިއަން ރުފިޔާއެއް ނުދައްކާތާ އެތައް މަހެއް ވެގެން މަސްވެރިން މުޒާހަރާ ކުރަން ފެށުމުން ރައްޔިތުންގެ މަޖިލީހުގެ އިންތިޙާބާ ދިމާކޮށް ސަރުކާރުން ދެއްކިކަން މަސްވެރިން ހަނދާން އެބަހުރިކަމަށް ދަނީ ބުނަމުންނެވެ.
މިވަގުތު އިތުރު އިންތިޙާބެއް ބޯމަތީގައި ނެތްނަމަވެސް މަސްވެރިން އަތުންގަނެފައިވާ މަހަށް ދޭންޖެހޭ ފައިސާއަކީ މަސްވެރިންގެ ޚައްގަކަށްވާތީ ސަރުކާރުން އެ ޚައްގު ވަގުތުން އަދާކުރުމަށްވެސް ޝާހިދުގެ ޕޯސްޓްގައި ބުނެފައިވެއެވެ.
ކަންނެލި މަސްވެރިން މިއަދު ކުރަމުންގެންދާ އިހްތިޖާޖްގެ އަޑު ސަރުކާރުން އެހުމަށާއި މަސްވެރިން މިފްކޯ އަށް ކިރުވި މަހަށް ދޭން ޖެހޭ 80 މިލިއަން ރުފިޔާ ވަގުތުން ދިނުމަށް ގޮވާލަމެވެ.
— Abdulla Shahid (@abdulla_shahid) June 12, 2024
މިއަދުގެ ސަރުކާރު ވެރިކަމަށްއައީ މަސްވެރިން ކިރާ މަހަށް އެންމެ ގިނަ ވެގެން ދެ ދުވަހު ތެރޭ ފައިސާ… pic.twitter.com/Q53TXscCOh