March 19, 2026
Advertisement
ސްޓެލްކޯ އެމްޑީ ފަހުމީ
ސްޓެލްކޯ އެމްޑީ ފަހުމީ / އެޑިޝަން.އެމްވީ

ކަރަންޓް ބިލް އޮޅުވާލިކަމަށް ގިނަ ބަޔަކު ތުހުމަތު ކުރާ "ސްޓެލްކޯ" ޔޫރޯގެ މެއިން ސްޕޮންސާރ އަކަށް!

Aishath Naja
އައިޝަތު ނަޖާ
Jun 13, 2024, 04:56 AM
މާލެ ސިޓީ

ސަރުކާރުގެ ކަރަންޓް ކުންފުނި ސްޓެލްކޯ އަކީ "ޔޫރޯ 2024" ފުޓުބޯޅަ މުބާރާތުގެ ކަވަރޭޖުގެ މެއިން ސްޕޮންސާރ ކަން ހާމަވެއްޖެއެވެ.

Advertisement

"ތޭރަ އޮންލައިން" އަށް މައުލޫމާތު ލިބުނުގޮތުގައި ސްޓެލްކޯ ވަނީ މި މަހުގެ 14 ވަނަ ދުވަހު ފެށޭ ޔޫރޯ ފުޓްބޯޅައިގެ ކަވަރޭޖްގެ މެއިން ސްޕޮންސާރ އަކަށް ވެފައެވެ.

ދައުލަތުގެ މީޑިޔާ ޕީއެސްއެމް އިން ޔޫރޯ ޕެކޭޖުތައް ވިއްކުމުން މެއިން ސްޕޮންސާ، ސްޓެލްކޯ އިން ވަނީ 925،200ރ. (ނުވަ ލައްކަ ފަންސަވީސް ހާސް ދުއި ސައްތަ) ރުފިޔާއަށް ގަނެފައެވެ.

އެ ކުންފުނިން މިހާ ބޮޑު އަގެއްގައި ސްޕޮންސާރ ގަނެފައިވަނީ ނިމިދިޔަ މަހުގެ ކަރަންޓް ބިލް ތަކުން ވައްކަން ކޮށްގެން ކަމަށް ވެސް ގިނަ ފަރާތްތަކުން ބުނެއެވެ.

ނިމދިޔަ މަހު ސްޓެލްކޯ އިން ވަނީ ގޭބީސީތަކުގެ ކަރަންޓް ބިލުން ވައްކަންކޮށްފައެވެ.

އެގޮތުން ކަރަންޓް ބިލް ބޮޑުވުމުން އާންމުން ވަނީ އިހުތިޖާޖް ވެސް ކޮށްފައެވެ. އާންމުން އިހުތިޖާޖަށް ނިކުތުމުން ސްޓެލްކޯ އިން ވަނީ ކަރަންޓް ބިލް ބޮޑުވީ އާންމުން ކަރަންޓް ބޭނުން ކުރި މިންވަރު އިތުރުވުމުން ކަމަށް ބުނެފައެވެ.

ނަމަވެސް ފާހަގަކޮށްލެވޭ ގޮތުގައި މީހުން ދިރިނުއުޅޭ ގޭތަކުގައި ވެސް ކަރަންޓް ބިލް ވަނީ ސްޓެލްކޯ އިން ބޮޑު ކޮށްފައެވެ.

އެހެންކަމުން ސްޓެލްކޯ ކަރަންޓް ބިލުން ވައްކަން ކޮށްފައިވާކަމަށް ގިނަ ފަރާތްތަކުން ގަބޫލުކުރެއެވެ.

ކޮމެންޓު
ކޮމެންޓްތައު
އާދަނު123
Jun 13, 2024, 04:46 PM
ކަރަންޓް ބިލް ބޮޑުވަނީ ރައީސް ޔާމިނުގެ ވެރިކަމުގަ ބޭނުންކުރާ ވޯޓޭޖަކަށް ނަގާވަރު ބަދަލު ކުރިފަހުން އެކަން ކުރީ ރާއްޖެތެރެޔާ މާލެޔާ އެއްރޭޓެކޭ ކިޔާފަ ގެނައިބަދަލުގެ ސަބަބުން މިވާހަކަ ލިޔެލާނެ ނޫހެއްް މިގައުމުގަ ނެތް
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved