ފެނަކައިން ކަރަންޓު މައްސަލަ ހައްލު ކުރަން ދެ ރަށަކަށް ޖެނެރޭޓަރު ފޮނުވައިފިއެވެ.
އެ ކޯޕަރޭޝަންއިން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނެފައި ވަނީ، މި ދެ ރަށަށް ޖެނެރޭޓަރު ފޮނުވަން މިހާރު ވާނީ ލޯޑު ކުރެވިފައި ކަމަށެވެ.
ޖެނެރޭޓަރު ފޮނުވަން ހަމަޖެހިފައި ވަނީ ކުޅުދުއްފުށި ސިޓީ، ހދ. ހަނިމާދޫއަށެވެ. ކުޅުދުއްފުއްޓަށް 800ކވ އަދި 1200ކވ ގެ ދެ ޖެނެރޭޓަރު ފޮނުވަން ހަމަޖެހިފައި ވާއިރު ހަނިމާދޫއަށް ފޮނުވަން ހަމަޖެހިފައި ވަނީ، 1200ކވ ގެ ޖެނެރޭޓަރެވެ.
ކުޅުދުއްފުއްޓަކީ ވަރަށް ބޮޑަށް ކަރަންޓުގެ މައްސަލަ ދިމާވެފައިވާ ރަށެކެވެ. ކަރަންޓުގެ މައްސަލައަށް ހައްލެއް ގެނައުމަށް މިދިޔަ އޭޕްރިލް މަހުވެސް އެ ރަށަށް ވަނީ ދެ ޖެނެރޭޓަރެއް ފޮނުވިފައިއެވެ.
ކަރަންޓުގެ ޙާލަތު ރަނގަޅު ކުރުމަށްޓަކައި ކުރެވެމުންދާ މަސައްކަތްތަކުގެ ތެރެއިން ގެނެވުނު ޖެނެރޭޓަރުތައް ކަސްޓަމުން ކްލިޔަރކޮށް ރަށްތަކަށް ފޮނުވުމުގެ މަސައްކަތް މި ކޯޕަރޭޝަނުން ވަނީ ފަށައިފައެވެ. އެގޮތުން ހދ.ކުޅުދުއްފުއްޓަށް 800ކވ އަދި 1200ކވ ގެ ދެ ޖެނެރޭޓަރުގެ އިތުރުން… pic.twitter.com/MTlBzbZdJy
— Fenaka Corporation Ltd (@TeamFenaka) June 12, 2024
މި ދެ ރަށުގެ އިތުރުންވެސް، އެހެން ރަށްރަށުގެ ކަރަންޓުގެ ޙާލަތު ރަނގަޅު ކުރުމަށް ފެނަކަ ކޯޕަރޭޝަން އިން އަންނަނީ މަސައްކަތްތަކެއް ކުރަމުން ކަމަށްވެސް ފެނަކައިން ވަނީ ބުނެފައިއެވެ.