March 9, 2026
Advertisement
ނ.މަނަދޫގައި މަރުވެފައި އޮއްވާ ފެނުން ނައިމާ މޫސާ
ނ.މަނަދޫގައި މަރުވެފައި އޮއްވާ ފެނުން ނައިމާ މޫސާ / ސޯޝަލް މީޑިއާ

ނައީމާ މަރާލީ ސިހުރުގެ ތުހުމަތުގެ ރުޅީގައި: ފުލުހުން

Mariyam Isaadha
މަރިޔަމް އިސާދާ
Jun 13, 2024, 09:54 PM
ނޫނު އަތޮޅު

ނ. މަނަދޫ، އަންނާރުމާގެ، ނައީމާ މޫސާ މަރާލީ ރަށު ތެރޭގައި ދެކެވޭ ވާހަކަތަކުގައި ޖެހި އޭނާގެ ބޮލުގައި ސިހުރުގެ ތުހުމަތު އަޅުވައި އެ ރުޅީގައި ކަމަށް ފުލުހުން ހާމަކޮށްފިއެވެ.

Advertisement

އެކި މަރުތަކުގެ ތަފްސީލު ދިނުމަށް ފުލުހުން އިސްކަންދަރު ކޮށީގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ސީރިއަސް އެންޑް އޯގަނައިޒް ކްރައިމް ޑިޕާޓްމަންޓްގެ ޗީފް އިންސްޕެކްޓާ މުހައްމަދު ސާމިހު ވިދާޅުވީ ފުލުހުންގެ ތަހުގީގަށް ފާހަގަވެފައިވާ ގޮތުގައި ނައީމާ މަރާލި މަގުސަދަކީ ސިހުރުގެ ތުހުމަތު އޭނާގެ ބޮލުގައި އަޅުވައި އެ ކަމުގެ ބަދަލު ހިފުން ކަމަށެވެ.

ނަމަވެސް މިހާތަނަށް ފުލުހުން ކުރި ތަހުގީގުގައި ނައީމާއަކީ އެފަދަ އެއްވެސް ކަމެއްގައި ބައިވެރިވާ މީހެއް ކަން އެނގޭނެ ހަރުދަނާ ހެއްކެއް އަދި ގަރީނާއެއް ވެސް ލިބިފައި ނުވާ ކަމަށް އޭނާ ވިދާޅުވިއެވެ.

އެއީ ހަމައެކަނި ރަށު ތެރޭގައި ބައެއް މީހުން ބުނާ ބުނުމުގެ އިތުރަށް އިތުރު އެއްވެސް ހަރުދަނާ ހެއްކެއް އޮތް ކަމެއްގެ ގޮތުގައި، ފުލުހުން މިހާތަނަށް ބެލި ބެލުމަކުން އެނގިފައެއް ނެތް

ސާމިހު

މަނަދޫގައި އޭނާގެ އަމިއްލަ ގޭގައި ވަކިން ދިރިއުޅެމުންދިޔަ އުމުރުން 62 އަހަރުގެ ނައީމާގެ ހަބަރެއް ނުވެގެން ފުލުހުންނަށް ރިޕޯޓު ކުރީ 7 އެޕްރީލް 2023ގަ އެވެ. އެ މައުލޫމާތާ ގުޅިގެން އަންނާރުމާގޭގެ ދޮރު ވައްޓާލައިގެން ފުލުހުން ވަދެ ބެލިއިރު، ނައީމާ އޮތީ ބޮޑެތި ޒަހަމުތަކަކާ އެކު މަރާލައިފައެވެ.

މި މައްސަލައިގައި އެ ރަށު ތިން މީހެއްގެ މައްޗަށް ދައުވާ އުފުލާފައިވެއެވެ. އެއީ:

  • ފެހިވިލާގެ، ނ. މަނަދޫ، އަހުޒަމް އަބްދުލްޝަކޫރު
  • ވިނަރެސް، ނ. މަނަދޫ، ހުސައިން ފަވާޒު
  • ފިނިފެންމާގެ، ނ. މަނަދޫ، އަބްދުލްވާހިދު ރިފާސް

އި އެ ތިން މީހުންގެ މައްޗަށް ކުރަނީ ތޫނު އެއްޗެއް ބޭނުންކޮށްގެން ގަސްތުގަ މީހުން މެރުމާއި، އަދުލު އިންސާފު ގާއިމުކުރުމަށް ހުރަސްއެޅުމާއި، މައްޔިތާގެ ބޭނުން ނަހަމަ ގޮތުގައި ހިފުމުގެ ކުށުގެ ދައުވާއެވެ.

ނައީމާ މަރުވި އިރު އޭނާގެ ތިން ދަރިން ދުނިޔޭގައި އެބަ ތިއްބެވެ. ދެ ކައިވެންޏެއް ކުރިިއިރު، ކައިވެނިކުރި ދެ މީހުން ވެސް މިހާރު ދުނިޔޭގައި ނެތެވެ.

ކޮމެންޓު
ކޮމެންޓްތައު
އައްލޫ
Jun 19, 2024, 12:12 AM
އަވަހައް އިންސާފުވެރިކަމާއި އެކު ހުކުމްތަމްފީޒު ކުރަންވީ
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved